މަސްވެރިކަމާއި ގުޅޭ

ދިރޭ ކުދިމަހުގެ މަސްވެރިކަން ފަށައިގަތްއިރު ފީނުމަށް ގިނައިން އުޅުނީ ލަންކާ މީހުން

ދިވެހިރާއްޖޭގައި ދިރޭ ކުދިކަމުގެ މަސްވެރިކަން ފަށައިގަތް އިރު، އެކަމުގައި ހަރަކާތްތެރިވި މަސައްކަތްތެރިން، ހާއްސަކޮށް ފީނުމަށް ހަރަކާތްތެރިވި މީހުންގެ ތެރޭގައި ގިނައީ ސްރީލަންކާ މީހުންނެވެ.

ނަމަވެސް، ކުރީގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން، މި މަސްވެރިކަމުގައި ހަރަކާތްތެރި ވެވޭނީ ހަމައެކަނި ދިވެހިން ކަމުގައި ކަނޑައެޅިއެވެ. އެއީ 1997 ވަނަ އަހަރުއެވެ.

ދިރޭ ކުދިމަހުގެ މަސްވެރިކަން ފުޅާވަމުން ދިޔަ ނަމަވެސް، މި މަސްވެރިކަމުގައި ހަރަކާތްތެރި ވަމުން ދިޔަ މީހުންގެ އަދަދު އޭރު 100 އަށްވުރެ މަދެވެ. އޭރު އެ މަސްވެރިކަން ކުރަމުން ދިޔައީވެސް މާލެ އަތޮޅާއި، އޭގެ އިތުރުން އަށް އަތޮޅެއްގައެވެ. އެކަން އެނގުނީ މިނިސްޓްރީން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ކުރިއަށް ގެންދިޔަ ސާވޭ ތަކަކުންނެވެ.

މި ބާވަތުގެ މަސްވެރިކަމުގައި ހަރަކާތްތެރިވި ފީނާ މީހުންނަށް އެވްރެޖް އާމްދަނީއެއްގެ ގޮތުގައި މަހަކު 1000 ޑޮލަރު ލިބުނު ކަމަށް އަންދާޒާ ކުރެވެއެވެ. އެއީ، އާމްދަނީގެ ގޮތުގައި ކުރިން ރިޕޯޓު ކޮށްފައިވާ އަދަދަށް ބަލާއިރު، 325 ޑޮލަރާއި 650 ޑޮލަރުގެ ކުރިއެރުމެކެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!