މަސްވެރިކަމާއި ގުޅޭ

Tholhi

އަނެއްކާވެސް މަސްވެރިއަކަށް ތޮޅިއެއްގެ ހަމަލާއެއް

އަނެއްކާވެސް މަސްވެރިއަކަށް ތޮޅިއެއް ހަމަލަ ދީފިއެވެ.

އިއްޔެ ފަތިހު ލިލީސް ދޯނިން، ދިއްލައިގެން އެންދަމަން އުޅުމުގެ ތެރޭގައި ތޮޅިއެއްގެ ހަމާލާ އަމާޒުވީ، ރ. މަޑުއްވަރީ ޒުވާނެއްގެ ފަޔަށެވެ. އެކަމާ ބެހޭގޮތުން ލިލީސް ދޯނީގައި މަސައްކަތް ކުރާ ފަޅުވެރިއަކު މި ނޫހަށް ކިޔައިދިން ގޮތުގައި، އިއްޔެ ފަތިހު ފަހެއް ވެސް ޖެހުމުގެ ކުރިން ލިލީސް ދޯނިން އުޅުނީ އެން ދަމަށް ކަމަށާއި، އޭރު ވަރަށް އަނދިރި ކަމަށެވެ.

"އެންދަމަން އުޅެފަ ދޯންޏަށް އަރާފަ، ދޯނިން ބޭރަށް ފައި އެލުވާލައިގެން އިންދަ ތޮޅީ ހެރީ،" ލިލީސް ދޯނީގެ ފަޅުވެރިއަކު ކިޔައިދިނެވެ.

އެހިސާބުން ލިލީސް ދޯނި ވަގުތުން މިސްރާބުޖެހީ އުނގޫފާރަށް ކަމަށާއި، އެ ހޮސްޕިޓަލުން އޭނާއަށް ފަރުވާ ހޯދި ކަމަށް ފަޅުވެރިޔާ ބުންޏެވެ. ފަރުވާއަށްފަހު ޒުވާނާ ހުރީ އޭނާގެ ރަށުގައެވެ. މިވަގުތު އޭނާގެ ހާލު ރަނގަޅުކަމަށް ފަޅުވެރިޔާ މި ނޫހަށް ކިޔައިދިނެވެ.

މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި މި ފަދަ ހާދިސާތައް އަބަދުވެސް މަސްވެރިންނަށް ދިމާވެއެވެ. އެހެންކަމުން ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވުން ބުއްދިވެރިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!