މަސްވެރިކަމާއި ގުޅޭ

ހިބަރުގެ ބާވަތްތައް ރައްކާތެރިކުރުމާއި މެނޭޖްކުރުން

ހިބަރުގެ ބާވަތްތައް މުޅި އިންޑިޔާ ކަނޑުގައި ދެކޮޅަށް ހިޖުރަ ކުރާކަމަށް، ދުނިޔޭގެ ކަނޑުތަކުގެ ގާނޫނު، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން، ގިނަ ގައުމުތަކުގެ ކަނޑުގެ ސަރަހައްދަށް ހިޖުރަކުރާ މަހުގެ ބާވަތްތައް (ސްޓްރެޑްލިން ފިޝް ސްޓޮކްސް) އަދި އެއްކަނޑުން އަނެއް ކަނޑަށް ހިޖުރަ ކުރާ މަހުގެ ބާވަތްތައް (ހައިލީ މައިގްރޭޓަރީ ސްޕީޝީޒް) ރައްކާތެރި ކުރުމާއި މެނޭޖް ކުރުމަށްޓަކައި 1995 ގައި ޔުނައިޓެޑް ނޭޝަންސް ފިޝް ސްޓޮކް އެގްރިމެންޓް ގައި ގިނަ ގައުމުތަކަކުން ސޮއިކުރިއެވެ.

އެއީ ހިބަރުފަދަ ބާވަތްތައް ބަލަހައްޓާ، މެނޭޖް ކުރުމުގެ މައިގަނޑު އެއް އަސާސެވެ.

މިގޮތުން، އިންޑިޔާ ކަނޑުގައި ހިޖުރަ ކުރާ މަހުގެ ބާވަތްތައް ބާނާއިރު އަމަލު ކުރާ އުސޫލުތަކެއް ކަނޑައެޅިގެންދިޔައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށްޓަކައި، މި ސަރަހައްދުގައި މަސްވެރިކަން ކުރާ، ދުރު ގައުމުތަކާއި މި ސަރަހައްދުގެ އައްސޭރިފަށުގެ ގައުމުތަކުން އެއްބާރު ލުމަށްޓަކައި ޖަމިއްޔާއެއް އުފެއްދިއެވެ. 1993 ވަނަ އަހަރު އުފެއްދުނު އެ ސަރަހައްދީ ޖަމިއްޔާއަކީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)އެވެ.

މި ޖަމިއްޔާގެ މަގުސަދުތައް ހާސިލު ކުރުމަށްޓަކައި ހުރިހާ މެމްބަރު ގައުމުތަކުން އަމަލު ކުރުމަށް މެޝާސްތަކެއް ފާސްކޮށްފައިވެއެވެ.

އައިއޯޓީސީގެ މެމްބަރަކަށް ދިވެހިރާއްޖެ ވީ 2011 ޖުލައި 13 ވަނަ ދުވަހުއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!