މަސްވެރިކަމާއި ގުޅޭ

MIFCO DRAINED FISH

މިފްކޯގެ ތެޔޮ އުކާލަން ނުޖެހޭ މަސްދަޅު ބާޒާރަށް ނެރެފި

"ޑްރެއިންޑް ކަނޑުމަސް ޗަންކްސް" ގެ ނަމުގައި މިފްކޯއިން ތައާރަފްކޮށްފައިވާ ތެޔޮ އުކާލަން ނުޖެހޭ މަސްދަޅު ބާޒާރަށް ނެރެފިއެވެ.

މިމަސްދަޅަކީ އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަތެޔޮފޮދެއްގައި ތައްޔާރުކުރެވިފައިވާ މަސްދަޅެކެވެ. މިއީ މިބާވަތުގެ މަސްދަޅު މުޅި ރާއްޖޭގެ ބާޒާރަށް ނެރޭ ފުރަތަމަ ފަހަރެވެ. ކުޑަ ތެޔޮފޮދެއްގައި މި މަސްދަޅު ތައްޔާރު ކުރެވިފައިވުމުން މި މަސްދަޅު ބޭނުންކުރާ ފަރާތްތަކަށް ގިނަ ލުއިފަސޭހަތަކެއް ލިބޭނެއެވެ.

އެގޮތުން ދަޅުގައި އެކުލެވޭ ތެޔޮ އުކާލަން ނުޖެހުމުގެ ސަބަބުން ކެއްކުމުގައި މި މަސްދަޅު ބޭނުންކުރަން ފަސޭހަވެފައި، ސީދާ ތެއްޔަށް އަޅާ، ފަސޭހަ ކަމާއެކު ވަގުތުން ކާނާ ތައްޔާރު ކޮއްލެވޭނެއެވެ. އަދި ކެއްކުމުގެ ތެރޭގައި ތެލުގެ ސަބަބުން ބަދިގެތެރެ
ނުތާހިރުވުން ކުޑަކޮށްދެއެވެ.

މީގެ އިތުރުން އޮންދަ ގޯ ގާއި ސޭންޑްވިޗް، ޕަނީނޯ ފަދަ ތަކެތި ފަސޭހަ ކަމާއެކު ތައްޔާރު ކޮއްލެވޭނެއެވެ. މިއީ ހައްޓަށް ފަސޭހަ، ޓައްޕަށް ފަސޭހަ، ކައްކަން ފަސޭހަ އަދި ޖިބަށް ލުއި މަސްދަޅެކެވެ.

މި މަސްދަޅު ސަންފްލާވަރ އޮއިލް، ސޯޔާ ބީން އޮއިލް އަދި އޮލިވް އޮއިލް ފދަ ތަފާތު ރަހަތަކުގައި އުފއްދާ ބާޒާރަށް ނެރޭނެއެވެ. މއީ މިހާރު މިފްކޯއިން އުފައްދާ ޗަންކްސް އިން އޮއިލް އާ އަޅާބަލާއިރު ނިސްބަތުން އަގު ހެޔޮ ޕްރޮޑަކްޓެކެވެ.

މިފްކޯ އިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި މިފްކޯގެ މަސް ފިހާރަތަކުންވެސް އާ މަސްދަޅު މިހާރު ލިބެން ހުންނާނެ ކަމަށެވެ.

މިފްކޯއަކީ މީގެ ކުރިންވެސް ތަފާތު އީޖާދީ އުފެއްދުންތަކެއް ބާޒާރަށް ނެރެފައިވާ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!