މަސްވެރިކަމާއި ގުޅޭ

leopard-seal

ރާއްޖެއިން ފެނުނު ސީލްއަށް ގޯނާ ނުކުރަން އީޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖެއިން ފެނުނު ސީލްއަށް ގޯނާ ނުކުރަން އެންވައިރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ރާއްޖެއިން އާއްމުކޮށް ނުފެންނަ ބާވަތެއް ކަމަށްވާ 'ސީލް'އެއް ފެނިފައި ވަނީ އިއްޔެ އައްޑޫ ސިޓީ ހިތަދޫއިންނެވެ. ސީލް ފެނިފައި ވަނީ، އެރަށު މޫދަށް އެރޭ ސަރަހައްދުންނެވެ. ސޯޝަލް މީޑިޔާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ސީލް ދެފެން ދޭތެރޭގައި އޮތުމަށްފަހު އަޑިއަށް ދެއެވެ.

އެކަމާ ގުޅިގެން އީޕީއޭއިން ބުނެފައި ވަނީ، ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

އިއްޔެ ހަވީރު 5:15 ހާއިރު އައްޑޫ ހިތަދޫ ކަނބިހާ ބީޗް ސަރަހައްދުން ސީލްއެއް ފެނިގެން އުޅޭކަން ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެކަމާ ގުޅީގެން އިއްޔެ އެ ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފް އިން ހަރަކާތްތެރި ވެފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ.

ސީލް އާއްމުކޮށް އުޅެނީ ފިނި ގައުމުތަކުގައެވެ. އަދި މިއީ ރާއްޖޭގައި އެއްގޮަތަކަށްވެސް އުޅޭ ބާވަތެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!