މަސްވެރިކަމާއި ގުޅޭ

Hibaru

ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގެ މައިގަނޑު މަޤުސަދުތައް

ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނެއް ގެޒެޓްކުރީ 2020ވަނަ އަހަރުއެވެ.

މި ޕްލޭންގައި ވާގޮތުން، މި ޕްލޭންގެ ގެ މައިގަނޑު ތިން މަގުސަދެއް ވެއެވެ. އޭގެ ތެރޭގައި ފުރަތަމަ ހިމެނެނީ، ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ކަނޑައެޅުމާއި، އެ ފިޔަވަޅުތަކަކީ ދިވެހިރާއްޖެއިން ބައިވެރިވާ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭ ސަރަހައްދީ ޖަމިއްޔާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފިޔަވަޅުތަކަށް ހެދުމެވެ.

ހިބަރުގެ މަސްވެރިކަން ރާވާ ހިންގުމުގެ އިންތިޒާމެއް ޤާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ހިބަރުގެ މަސްވެރިކަން ބަލަހައްޓައި، މި މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަކީވެސް މި ޕްލޭންގެ މައިގަނޑު މަޤުސަދެކެވެ.

މީގެ އިތުރުން ދެން މި ޕްލޭންގެ މަޤުސަދަކީ، ހިބަރުގެ މަސްވެރިކަމާއި ވިޔަފާރި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމުގައި ޝާމިލުވާ ދައުލަތުގެ އިދާރާތަކާއި އެންމެހާ މަސްލަހަތުވެރިންނަށް މަގުދައްކައިދިނުމެވެ.

މި ޕްލޭންގެ ދަށުން މެނޭޖްކުރާނެ ބާވަތްތަކަކީ ދިވެހިރާއްޖޭގައި ބާނާ އެންމެހާ ބާވަތެއްގެ ހިބަރާއި އެ ބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމުގައި ބާނާ ބާވަތްތައް ފިޔަވައި، ހިފޭ، ބޭނޭ ނުވަތަ ނެގޭ ކަނޑުގެ އެހެނިހެން ދިރުންތެކެވެ. އޭގެ ތެރޭގައި ފަންގަނޑު ހިބަރު، ތުންގަނޑު ހިބަރު، ކަޅު މަސްހިބަރު، ނޫ މަސްހިބަރު، ގަޅިޖެހި ހިބަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!