މަސްވެރިކަމާއި ގުޅޭ

މަސްވެރިންގެ އަޑު

މަސްވެރިންގެ އަޑު: މަސްވެރިކަން ކުރިއަށް ދާންވާ ވަރަށް ކުރިއަރައި ނުދަނީ ކީއްވެގެންކަން ތަޖުރިބާ ކުރެވިއްޖެ

އޮޑިވެރިރިއެއްގެ އިހުސާސްތައް!

- ހއ. އިހަވަންދޫ ނޯއާ ދޯނީގެ ވެރިޔާ އަބުދުލް ހަލީމް -
"އަޅުގަނޑު އޮޑިވެރިޔެއްގެ ގޮތުގައި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާތާ މިއަދަށް މިވީ އެއްއަހަރު ދުވަހެވެ. މި ދާއިރާ ކުރިއަށް ދާން ވާވަރަށް ކުރިއަރައިގެން ގޮސްފައި ނުވަނީ ކީއްވެގެންކަން މިވީ އެއްއަހަރު ދުވަހު އަޅުގަނޑަށް ފެނި ތަޖުރިބާ ކުރެވިއްޖެއެވެ. ސަރުކާރާއި އޮޑިވެރިންނާއި އަދި މި ސިނާޢަތުގައި މަސައްކަތް ކުރައްވާ ތަޖުރިބާ ކާރުން އެއްމޭޒެއްގެ ދޮށަށް އެއްވެ މި ދާއިރާގެ އޮނިގަނޑު ބައްޓަން ކުރަށް ޖެހިފައިވާ ކަމުގައި އަޅުގަނޑު ދެކެމެވެ. މުސްތަގުބަލުގައި މި ސިނާޢަތު ދެމެހެއްޓެނިވި ގޮތުގައި އޮވެގެންދާނީ ހަރުދަނާ އުޞޫލުތަކެއް ޤާއިމު ކުރެވިގެންނެވެ. އަދި ހެދިފައިވާ ޤާނޫނާއި ޤަވާއިދާއި އަދި އެކަމާއި ގުޅުންހުރި ޕްރޮސީޖަރ ތަކަށް ޢަމަލު ކުރާ މިންވަރު ދެނެގަތުމަކީވެސް މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ހަމަ އެހެންމެ މިދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެކަމާއި ގުޅުންހުރި ތަޢުލީމާއި ތަމްރީން ބޭނުންވެފައިވާ ކަމުގައިވެސް އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ އުއްމީދަކީ މަސްވެރިކަމުގެ ސިނާޢަތަކީ ދިވެހިރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަމުގައި ވެގެން ދިއުމެވެ."

މަސްވެރިންގެ އަޑު: ތިބޭފުޅުންގެ އަޑު ފޮނުވާނީ ކިހިނެއް؟

"މަސްވެރިންގެ އަޑު" މިބައިގައި މަސްވެރިން ހިމަނަން ބޭނުންވާނަމަ އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖަށް ނުވަތަ

ޓްވިޓާރ އިން ތިރީގައިވާ ހޭޝްޓެގް ޖައްސަވާ ޓްވީޓް ކުރައްވާ!

ހިޔާލު ފާޅުކުރައްވާ!

One Response

  1. Covid19gai gaumu kolhahjessevee dhivehi mussverikan ufalaa eku fahaaga kohllan

Comments are closed.