މަސްވެރިކަމާއި ގުޅޭ

ކްމްޕްސް ރިޑްލީ ޓަރޓަލް
ކްމްޕްސް ރިޑްލީ ޓަރޓަލް

ނެތި ހިގައިދާނެކަމުގެ ބިރު ހީވެފައިވާ ވެލާގެ ބާވަތެއް، 75 އަހަރަށްފަހު ލުއިސިއާނާގެ ބީޗަކަށް ބިސް އަޅައިފި

ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ވެލާގެ ބާވަތެއް، 75 އަހަރަށްފަހު ލުއިސިއާނާގެ ބީޗަކަށް ބިސް އަޅައިފިއެވެ.

ވެލާގެ ތެރޭގައި ސައިޒުގެ ގޮތުން އެންމެ ކުޑަ ވަތްތަރުކަމުގައިވާ ކެމްޕްސް ރިޑްލީ ވެލާތައް ބިސްވަޅުން ނިކުމެގެން މޫދަށް ދާތަން ވަނީ ވީޑިއޯ ކޮށްފައެވެ. އެގޮތުން ބްރެޓަން ނޭޝަނަލް ވައިލްޑް ލައިފް ރެފިއުޖުން ބުނިގޮތުގައި، އެ ބިސްވަޅުން 53 ކުދިވެލާ ވަނީ ނިކުމެފައެވެ.

ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅު ކެމްޕްސް ރިޑްލީ ވެލާތަކުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވިއެވެ. އެހެން ނަމަވެސް 1900ގެ މެދުތެރެއިން ފެށިގެން 1980ގެ އަހަރުތަކުގައި އޭގެ އާބާދީ ވަރަށް ބޮޑަށް ދަށްވެ، ނެތި ފަނާވެދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.

މީގެ އާބާދީ މަދުވާން ދިމާވާ ސަބަބުތަކުގެތެރޭގައި، މަސްވެރިން ދާ ޖަހައިގެން މަސް ހިފުމުގެ ތެރޭގައި އޮޅިގެން ހިފުމާއި، ބިސްވަޅުތަކުން އިންސާނުން ބިސް ނެގުމާއި، އެހެން ޝިކާރަކުރާ ޖަނަވާރުތައް ބިސްވަޅުތަކަށް ހަމަލާދިނުމާއި، މި ނޫނަސް ކަނޑުތައް ތަޣައްޔަރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ގިނަ އަސަރުތަކެއްވަނީ މި ބާވަތުގެ ވެލާގެ އާބާދީއަށް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!