މަސްވެރިކަމާއި ގުޅޭ

ނިކަރާގުއާގެ ބީޗަކަށް މަރުވެގެން ލައްގާފައިވާ ވެލާތަކެއް، ފޮޓޯ- ސޯޝަލް މީޑިއާ
ނިކަރާގުއާގެ ބީޗަކަށް މަރުވެގެން ލައްގާފައިވާ ވެލާތަކެއް، ފޮޓޯ- ސޯޝަލް މީޑިއާ

މަރުވެފައިވާ ގިނަ އަދަދެއްގެ ވެލާ, ނިކަރާގުއާގެ ބީޗަކަށް ލައްގައިފި

މަރުވެފައިވާ ގިނަ އަދަދެއްގެ ވެލާތަކެއް ނިކަރާގުއާގެ ބީޗަކަށް ލައްގައިފިއެވެ. ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި މިއީ ދާ ޖަހައިގެން މަސްވެރިކަން ކުރުމުން މަރުވެފައިވާ ވެލާ ތަކެކެވެ.

ނިކަރާގުއާގެ ބީޗަކަށް މަރުވެފައި އޮތް 12 ވަރަކަށް ވެލާ ލައްގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މަރުވެގެން ލައްގާފައިވާ ވެލާ ތަކަކީ ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ވެލާގެ ބާވަތްތަކެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތެއް ކަމުގައިވާ އަމާރު ރުއިޒްވަނީ މިކަން ކުށްވެރިކޮށް ޓުވިޓާގައި އޭނާގެ ހިޔާލު ފާޅުކޮށްފައެވެ. އަދި ބެލެހެއްޓުމެއް ނެތި ދާ ޖަހައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައިވުމުން ދާ ތަކުގައި ވެލާތައް ޖެހި މަރުވަމުންދާ ކަމަށް އޭނާ ބުނެއެވެ.

އަދި ވެލާތައް މަރުވެގެން ލައްގާފައިވާ ބީޗަކީ ކޮންމެ އަހަރަކުވެސް ގިނަ އަދަދަކަށް ވެލާތައް ބިސް އަޅަން އަރާ ބީޗެއް ކަމަށް ރުއީޒް ބުނެއެވެ. އެންްވަޔަރަމެންޓު އެންޑު ނެޝަނަލް ރިސޯސަސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 18 އިން 20 ހަމައަށް މި ބީޗަށް 2606 ވެލާ ބިސްއަޅަން އަރާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!