މަސްވެރިކަމާއި ގުޅޭ

4108

ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

ސަފާރީއެއް ދިޔަވާތީ އެމްއެންޑިއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ، "އެމްވީ އެމްޕެރަރ ވޮޔޭޖަރ" ނަމަކަށް ކިޔާ ސަފާރީއަކަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ޖުމްލަ 22 ޓުއަރިސްޓުންނާއި 14 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ މި ސަފާރީ، ކޮއްދިއްޕަރު ރިސޯޓުގެ އިރުދެކުނުން ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު އެތެރެއިން ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު  މެންދުރު 14:48 ހާއިރު ކަމަށް އެމްއެންޑިއެފްއިން ބުނެއެވެ.

"މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 113" ވަނީ ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ" އެމްއެންޑީއެފްއިން ބުންޏެވެ.

މިގޮތުން، އެ ސަފާރީން ދިޔަހިއްކުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!