މަސްވެރިކަމާއި ގުޅޭ

ކަނޑުއޮތްގިރީގައި މަސް ބަންދުކުރަނީ/ ފޮޓޯ: މިފްކޯ
ކަނޑުއޮތްގިރީގައި މަސް ބަންދުކުރަނީ/ ފޮޓޯ: މިފްކޯ

މިދިޔަ 5 އަހަރުތެރޭގައި މިފްކޯއަށް ބޮޑު ގެއްލުމެއް

ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި މިފްކޯ އަށް ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ދައްކައިފިއެވެ.

މިދިޔަ ފަސް އަހަރު، މިފްކޯއިން ކަނޑުމަސް އެކްސްޕޯޓުކޮށްގެން  6.9 ބިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށާއި ނަމަވެސް މަސް ގަނެ، އުފެއްދުމަށް 7.1 ބިލިއަން ރުފިޔާ ހަރަދުވެފައި ވާކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުން ދައްކައެވެ. އެހެންކަމުން މިދިޔަ ފަސް އަހަރު މިފްކޯ އަށް ގެއްލުމުގެ ގޮތުގައި ލިބިފައިވާ އަދަދު، 250 މިލިއަން ރުފިޔާއަށް އަރައެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން، މިދިޔަ އަހަރު ނިމުނު އިރު މިފްކޯގެ މިލްކިއްޔާތުގައި 961 މިލިއަން ރުފިޔާގެ ހަރުމުދާ ހުރިއިރު، ދަރަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހުއްޓެވެ.

މިފްކޯއަށް ގެއްލުންވި މައިގަނޑު ސަބަބުތަކުގެ ގޮތުގައި ރިޕޯޓުގައި ވަނީ، މަސްގަތުމަށް ސަރުކާރުން ކަނޑައެޅި އަގު، ބޭރުގެ މާކެޓަށް ވިއްކެން ހުންނަ އަގަށް ވުރެ ނިސްބަތުން ބޮޑުވުމާއި، ހިންގުމުގެ ހަރަދު ބޮޑުވުމާއި، އެކްސްޕޯޓުކުރާ މަސް ބައެއް ސަބަބުތަކާ ހެދި އަނބުރާ ފޮނުވާލުން ފަދަ ސަބަބުތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!