މަސްވެރިކަމާއި ގުޅޭ

ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ

ހިބަރު އެކްސްޕޯޓު ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތް

ދިވެހިރާއްޖޭގެ 'ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ބެހޭ ގަވާއިދު'ގެ ދަށުން، ހިބަރު އެކްސްޕޯޓު ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތް ވަނީ ހިމަނާފައެވެ.

އެގޮތުން، ހިބަރާއި ހިބަރުގެ އުފެއްދުންތައް އެކްސްޕޯޓު ކުރާ ފަރާތްތަކުން މަސް ގަންނަންވާނީީ މަސްވެރިކަން ކުރުމުގެ ނުވަތަ މަސް ޕްރޮސެސް ކުރުމުގެ ލައިސަންސްއެއް ލިބިފައިވާ ފަރާތްތަކުންނެވެ.

އެކްސްޕޯޓު ކުރުމަށް ތައްޔާރު ކުރާ ހިބަރާއި ހިބަރުގެ އުފެއްދުންތައް ބަންދުކުރާ ޕެކޭޖްތަކުގައި، މަހުގެ ބާވަތްތަކާއި، ކޮންމެ ބާވަތެއްގެ މިންވަރު (އަދަދާއި ބަރުދަން) އަދި އެކްސްޕޯޓަރުގެ ތަފްސީލު ސާފުކޮށް އެނގޭހެން ލޭބަލް ކުރަން ވާނެއެވެ.

އެކސްޕޯޓު ކުރާ ހިބަރާއި ހިބަރުގެ އުފެއްދުންތައް ބަންދު ކުރަން ވާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތް ވާ ގޮތުގެ މަތިންނެވެ.

އެކްސްޕޯޓު ކުރާ ހިބަރާއި ހިބަރުގެ އުފެއްދުންތަކުގެ ކޮންމެ ޝިޕްމަންޓަކަށް، ތަފްސީލީ މައުލޫމާތު ހިމެނޭ ޕެކިންގް ލިސްޓެއް އެކްސްޕޯޓަރުން ތައްޔާރު ކުރަން ވާނެއެވެ. އަދި ތަންފީޒީ އޮފިސަރެއް ނުވަތަ ފިޝަރީޒް ރޭންޖަރެއް އެދިއްޖެ ހާލަތުގައި ޕެކިންގް ލިސްޓް ދައްކަން ވާނެއެވެ.

"މަސްވެރިކަމާ ބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާ ބެހޭ އުސޫލު" އާ އެއްގޮތަށް މަސްވެރިންގެ ފަރާތުން ނުވަތަ ޕްރޮސެސް ކުރާ ފަރާތްތަކުން އެއްކުރާ މައުލޫމާތުގެ ސިއްރުކަން ހިބަރާއި ހިބަރުގެއުފެއްދުންތައް އެކްސްޕޯޓު ކުރާ ފަރާތްތަކުން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތު މިނިސްޓްރީ ފިޔަވައި އެހެން ފަރާތަކާ، މިނިސްޓްރީގެ ހުއްދަ ނެތި ހިއްސާ ކުރުމަކީ ކުށެކެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!