މަސްވެރިކަމާއި ގުޅޭ

މަސްބާނަނީ

ފިޝަރީޒް މިނިސްޓްރީން ދޫކުރާ ހުއްދަތަކާއި ލައިސަންސްތައް

ފިޝަރީޒް މިނިސްޓްރީން ދޫކުރާ ހުއްދަތަކާއި ލައިސަންސްތަކުގެގޮތުގައި ހިމެނޭ ކަންކަން "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދުތަކާއި ގުޅޭ އަތްމަތީ ފޮތް2022" ގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން އެ ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިނިސްޓްރީން ދެ ބާވަތެއްގެ ހުއްދަ ދޫކުރެއެވެ. އެއީ މަސްވެރިކަމުގެ މަޝްރޫއުތައް ގާއިމު ކުރުމުގެ ހުއްދައާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމުގރ ހުއްދައެވެ.

މިނިސްޓްރީން ދޫކުރާ ހަ ވައްތަރެއްގެ ލައިސަންސްއެއް މި ފޮތުގައި ވަނީ ބަޔާން ކޮށްފައެވެ. އެއީ:-

  • މަސްވެރިކަން ކުރުމުގެ ލައިސަންސް
  • މަސް ޕްރޮސެސް ކުރުމުގެ ލައިސަންސް
  • ކަލެކްޓަރ އުޅަނދު އަދި ކެރިއަރު ވެސަލް އޮޕަރޭޓް ކުރުމުގެ ލައިސަންސް
  • މެދުވެރިއެއްގެ ގޮތުގައި މަހުގެ ބާވަތްތައް ވިއްކުމުގައި ހަރަކާތްތެރި ވުމުގެ ލައިސަންސް
  • އައިސް ޕްލާންޓް އޮޕަރޭޓް ކުރުމުގެ ލައިސަންސް
  • އެކުއަކަލްޗަރ ލައިސަންސް މިއެވެ.

މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ދޫކުރާ ޗެކް ސެޓްފިކެޓްގެ ތެރޭގައި:-

  • ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ދޫކުރާ ކެޗްް ސެޓްފިކެޓް
  • ހިބަރު އެކްސްޕޯޓް ކުރުމަސް ދޫކުރާ ކެޗް ސެޓްފިކެޓް
  • ފާނަ އެކްސްޕޯޓް ކުރުމަސް ދޫކުރާ ކެޗް ސެޓްފިކެޓ
  • ފަރުމަސް އެކްސްޕޯޓް ކުރުމަސް ދޫކުރާ ކެޗް ސެޓްފިކެޓް
  • ދިރޭ ކުދިމަސް އެކްސްޕޯޓް ކުރުމަސް ދޫކުރާ ކެޗް ސެޓްފިކެޓް، މިއެވެ.
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!