މަސްވެރިކަމާއި ގުޅޭ

މަސް ދޯންޏެއް، ފޮޓޯ- މަސްވެރި އިހަވަންދޫ
މަސް ދޯންޏެއް، ފޮޓޯ- މަސްވެރި އިހަވަންދޫ

ރާއްޖޭގައި ބާނާ ކަނޑުމަހުގެ ބާވަތްތައް

ޒަމާނުއްސުރެން ދިވެހިރާއްޖޭގައި ކަނޑުމަހުގެ މަސްވެރިކަމުން ކުރަމުން އަންނައިރު، އާއްމުކޮށް ބާނަނީ ހަަތަރު ބާވަތެއްގެ ކަނޑުމަހެވެ.

އޭގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް، ރީނދޫ އުރަހަ ކަންނެލި އަދި ލައްޓި އާއި ރާގޮނޑިއެވެ. ދިވެހިރާއްޖޭގައި ކަނޑުމަސް ބާނަނީ އާއްމުކޮށް ދޮށީގައާއި އަތުނަނުގައެވެ. ކަނޑުމަހުގެ މަސްވެރިކަން ބަރޯސާ ވަނީ ފަރުތަކުންނާއި އަތޮޅުތަކުގެ އެތެރެވަރީގެ ފަޅުތަކާއި ފަރުތަކުންނާއި ގިރި އަދި ހާ ފަދަ ތަންތަނުން ކުރާ އެންވެރިކަމަަށެވެ.

ކަނޑުމަސް ބާނާއިރު، ދިރޭ އެމުގެ ގޮތުގައި އެކި ވައްތަރު ބޭނުން ކުރެއެވެ.

މަސްވެރިކަމުގެ ބާވަތާއި (ކަޅުބިލަމަހުގެ މަސްވެރިކަން، ބޮޑުކަންނެލީގެ މަސްވެރިކަން، އަދި އެހެނިހެން ބާވަތްތައް) އެން ހިފުމަށް ހަރަކާތްތެރިވާ ސަރަހައްދުގެ ސަބަބުން، ހިފާ އެމުގެ ބާވަތްތަކާއި މިންވަރަށް ބަދަލު އާދެއެވެ.

އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރެއްސާއި މިޔަރެން ފަދަ ކުދި ބާވަތްތައް ބޭނުން ކުރާއިރު، ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި އެމަށް ބޭނުން ކުރަނީ މުށިމަހާއި ރިތްމަސް ފަދަ ނިސްބަތުން ބޮޑު މަހެވެ. އަދި މުގުރާން ފަދަ ބައެއް ބާވަތްތަކަކީ ދެ މަސްވެރިކަމުގައި ވެސް ބޭނުންކުރާ ބާވަތްތަކެވެ.

އެހެން ގައުމުތަކާ ހިލާފަށް، ރާއްޖޭގައި އެންވެރިކަން ކުރަނީ، މަސްވެރިކަމުގެ ދަތުރުގެ ބައެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.