ގދ. ފަރެސްމާތޮޑާގައި ދުއްވާ "ބާޚިރާ" އަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަން ކުރާ ދޯނިތަކުގެ ތެރޭގައި ހިމެނޭ ދޯންޏެކެވެ.
117 ފޫޓުގެ ދިގު މި ދޯންޏަކީ ރާއްޖޭގެ އެންމެ ބޮޑެތި މަސްދޯނި ތަކުގެ ތެރޭގައި ގުނާލެވޭ ދޯންޏެކެވެ. ދޯނީގެ އިންޖީނަކީ 1050 ހޯސްޕަވަރުގެ ބޮޑު އިންޖީނެކެވެ. މިއީ ރާއްޖޭގެ މަސްދޯނިފަރުގައި ބޭނުންކުރާ އެންމެ ބޮޑެތި އިންޖީނު ތަކުގެ ތެރޭގައި ހިމެނޭ އިންޖީނެކެވެ. މި ދޯނީގެ ދުވެލި އުޅެނީ ގަޑިއަކު 13 ނޯޓިކަލް މޭލުގައެވެ.

މި ދޯނީގައި 37 މަސްވެރިން ހަރަކާތްތެރި ވެއެވެ. ދޯނީގެ ދެކެޔޮޅުންނަކީ ގދ. ފަރެސްމާތޮޑާ އެވިލާ ހަސަން ޒަރީރާއި، ފަރެސްމާތޮޑާ ފެންފިޔާޒުގޭ މުޙައްމަދު ރަޝީދެވެ.

މިދޯންޏަކީ ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ދޯންޏެކެވެ. އެއް ދުވަހުން މިދޯނި އެންމެ ގިނަ މަސް ބާނާފައިވަނީ 48 ޓަނު މަހެވެ.
މި ދޯނީގެ ވެރިޔަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ.

4 Responses
ދޯނި ބަނދެފައިވަނީ ކޮން ރަށަކުންކަމާއި ދޯނީގެ ޢަގަކީ ކޮބައިކަމާއި އިންޖީނުގެ ބްރޭންޑާއި އޭގެ އަގާއި ދޯނީގައި ގާއިމްކުރެވިފައިވާ ވަސީލަތްތަކުގެ އިތުރުން ދޯންޏަކީ ކޮން ވިޔަފާރިވެރިއެއްގެ ދޯންޏެއްކަން ބަޔާންކުރިނަމަ ފުރިހަމަވާނެ.
Dhoni badhefa vanee g.dh fiyoaree ga dhoani ge verifaraathaky lily store bodu meehaa muhusin.
ދޯނި ޑިޒައިންކޮށް މޯލްޑް ހަދައިދީފައިވަނީ ގދ ތިނަދޫ މީހެއް.
Kobathow viyafaarivriyaa Nan