މަސްވެރިކަމާއި ގުޅޭ

Ras ain

ތ. ހިރިލަންދޫ "ރަސްއައިން"

ތ.ހިރިލަންދޫ "ރަސްއައިން" ދޯންޏަކީ މީގެ 13 އަހަރު ކުރިން ފެށިގެން ދޮށީގެ މަސްވެރިކަން ކުރަމުން އަންނަ ދޯންޏެކެވެ.

450 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ މި ދޯނީގެ ދުވެލި އުޅެނީ ގަޑިއަކު 12.5 މޭލު ބާރުމިނުގައެވެ. 21 މަސްވެރިންނާއެކު މަހަށްދާ މި ދޯނި އެއްދުވަހުން އެންމެ ގިނައިން ބާނާފައިވަނީ 20 ޓަނު މަހެވެ. މި ދޯންޏަކީ 93 ފޫޓު ދިގު ދޯންޏެކެވެ. ދޯނީގައި މަސް ރައްކާކުރެވޭ ޖާގައަކީ 25 ޓަނެވެ.

ދޯނީގެ ކެޔޮޅަކީ ސަރުކާރުން ދޭ އެންމެ ޒުވާން ކެޔޮޅުގެ އެވޯޑް ހާސިލްކޮށްފައިވާ ހިރިލަންދޫ ލޮޓަސް އަބްދުﷲ ޖާބިރެވެ.

ރަސްއައިން ދޯންޏަކީ މީގެ ހައެއްކަ އަހަރު ކުރިން މަހަށްގޮސް އުޅެނިކޮށް ބިންދައިގެން ގޮސް ދެ ބުރި މުޅިން ވަކިވި ދޯންޏެކެވެ. ދޯނި ރަށަށް ގެނައީވެސް ދެބުރި ވަކިން ނެވެ. އޭގެ ފަހުން ބޮޑު މަރާމާތަކަށްފަހު ރަސްއައިން ދޯނި އަންނަނީ މަސްވެރިކަން ކުރަމުންނެވެ. މި ދޯންޏަކީ ދޮށީގެ މަސްވެރިކަމުން ތ. އަތޮޅުން ފާހަގަކޮށްލެވޭ ދޯންޏެކެވެ.

ގުޅުންހުރި ލިޔުންތައް