މަސްވެރިކަމާއި ގުޅޭ

ވާރޭ ވެހޭ ދުވަހެއްގައި ބަޔަކު މަގުމަތީ، ފޮޓޯ- ގާފު އޮންލައިން
ވާރޭ ވެހޭ ދުވަހެއްގައި ބަޔަކު މަގުމަތީ، ފޮޓޯ- ގާފު އޮންލައިން

މިހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެ: މެޓް

މިހަފްތާ ބަނދުގައި މުޅި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެ ކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

ހަފްތާ ބަންދުގައި ލަފާކުރެވޭ މޫސުން އާއްމުކުރަމުން މެޓުން ބުނީ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް އުތުރާއި މެދުރާއްޖެތެރެއަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ދެކުނަށް ކެރީގެ އަސަރުކޮށް، ހޮނިހިރު ދުވަހު ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާކުރެއެވެ.

އޭގެ އިތުރުން މެޓުން ބުނީ، މިރެއާއި މާދަމާ ހެނދުނު6:00 ގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރައި، ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުނެއެވެ.

އަދި މިރޭ ރާޅުގެ އުސްމިން4-2 ފޫޓުގައި ހުންނާނެ ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!