މަސްވެރިކަމާއި ގުޅޭ

Image 2020-10-26 at 10.52.14

ހއ. ދިއްދޫ "ނިއުމަތް"

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ "ނިއުމަތް" ދޯންޏަކީ ކަޅުބިލަ މަހާއި ބޮޑުކަންނެލި މަސްވެރިކަމުގައ ހަރަކާތްތެރިވާ ދޯންޏެކެވެ.

މިދޯންޏަކީ 2016 ވަނައަހަރު މަސްވެރިކަމަށް ނުކުތް ދޯންޏެކެވެ. ދޯނީގެ ދިގުމިނަކީ 89 ފޫޓެވެ. 17 ފަޅުވެރިންނާއި އެކު ހަރަކާތްތެރިވާ މިދޯނި އެއްދުވަހުން އެންމެ ގިނައިން ބާނާފައިވަނީ 16 ޓަނު މަހެވެ.

ދޯނީގެ ކެޔޮޅު އަކީ 1992 ވަނަ އަހަރު ޖަމާޢަތަށް ފައިދާހުރި ހިއްވަރުގަދަކަމެއް ކުރުމުގެ ރޮނގުން އާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2019 ވަނަ އަހަރު މަސްވެރިކަމުގެ ދާއިރާއިން މަސްވެރިކަން ކުރުމުގެ ރޮނގުން ހިއްވަރުދިނުމުގެ ޤަޢުމީ އިނާމު ވެސް ހޯދާފައިވާ ހއ. ދިއްދޫ ނިޝާން އުމުރުން 61 އަހަރުގެ އަބްދުﷲ ޝަފީގެވެ.

ގުޅުންހުރި ލިޔުންތައް