މަސްވެރިކަމާއި ގުޅޭ

Asuruma03

އދ. މަހިބަދޫ "އަސުރުމާ 3"

އދ. މަހިބަދޫ "އަސުރުމާ-3" އަކީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ޚާއްޞަ 95 ފޫޓުގެ ދޯންޏެކެވެ.

މި ދޯނި މަހިބަދޫގައި ދުއްވަން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ކުރިން މި ދޯނި ދުއްވީ ކ. މާފުށީގައެވެ. 23 މަސްވެރިންނާއެކު މަހަށްދާ މި ދޯނީގެ ކެޔޮޅަކީ އދ.މަހިބަދޫ އަސުރުމާގޭ އަލީ ޝަހީމެވެ. ކެޔޮޅު އަލީ ޝަހީމަކީ މަހިބަދޫގައި އެންމެ ފުރަތަމަ ބޮޑުކަންނެލީގެ މަސްވެރިކަން ކުރަން ފެށި ދޯނީގެ ކެޔޮޅުކަން ފާހަގަކޮށްލެވެއެވެ.

މި ދޯންޏަކީ ޤަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރުގެ ބޭރުފަހަރުގެ މަޢުލޫމާތު އެންމެ ގިނައިން ކޯސްޓްގާޑަށް ހިއްސާ ކުރާ ދޯނިކަން ފާހަގަކޮށްލެވެއެވެ. ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިިކޮށް ބޭރުގެ ބޯޓުފަހަރު މި ދޯނިން އެކިފަހަރު މަތިން ހުއްޓުވާ ކަމާބޭހޭ ފަރާތްތަކާ ހަވާލުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް