މަސްވެރިކަމާއި ގުޅޭ

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ފޮޓޯ- މިފްކޯ
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ފޮޓޯ- މިފްކޯ

މިދިޔަ މަހު ރާއްޖެއިން 124 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފި

މިދިޔަ މަހު ރާއްޖެއިން 124 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ މިދިޔަމަހުގެ އެކްޕޯޓު އިމްޕޯޓު ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މާރޗްމަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 124 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައިވާއިރު، 2023 ވަނަ އަހަރުގެ މާރޗްމަހު އެކްސްޕޯޓްކޮށްފައިވަނީ 343 މިލިއަން ރުފިޔާގެ މަހެވެ. އެހެންކަމުން ރާއްޖެއިން މަސް އެކްސްޕޯޓުކޮށްފައިވާ މިންވަރު މިވަނީ %64 ދަށްވެފައެވެ.

އެކްސްޕޯޓުކޮށްފައިވާ މަހުގެ ތަފްސީލްތަކަށް ބަލާއިރު،

ގަނޑުކުރި ކަޅުބިލަ މަސް : 49 މިލިއަން ރުފިޔާ

ތާޒާ ކަޅުބިލަ މަސް : 40 މިލިއަން ރުފިޔާ

ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި : 6 މިލިއަން ރުފިޔާ

ތާޒާ ރީނދޫ އިރަހަ ކަންނެލި މަސް : 4 މިލިއަން ރުފިޔާ

ތާޒާ ރީނދޫ އުރަހަ ކަންނެލި ( ލޮއިންސް) : 4 މިލިއަން ރުފިޔާ

ތަފާސްހިސާބުތައް ދައްކާގޮތުން އެކްސްޕޯޓު އެހާބޮޑަށް ދަށްވެފައިވުމުގެ މައިގަނޑު އެއް ސަބަބަކީ ކަންނެލި މަސް ބޭރުކޮށްފައިވާ މިންވަރު ދަށްވުމެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރޗް މަހު ދިވެހިރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. 2023 ވަނަ އަހަރުގެ މާރިޗު މަހު އިމްޕޯޓްކުރީ 4.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ %4 އިތުރުވުމެކެވެ.

މާރޗު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު %3 ވަނީ ދަށްފައެވެ. 2023 ވަނަ އަހަރުގެ މާރިޗު މަހު 330 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރިޗު މަހު މި ޢަދަދުވަނީ 320 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.