މަސްވެރިކަމާއި ގުޅޭ

GMzazzUWYAAw1SH

ނިލަންދޫގައި މަސްބަނދުކުރާ ކާރުޚާނާ ގާއިމު ކުރުމުން ގިނަބަޔަކަށް ފަސޭހަ ވާނެ!

ފ. ނިލަންދޫ އަކީ އަރބަންސެންޓަރ އެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކަށް ވުމުން ނިލަންދޫގައި މަސްފެކްޓަރީ ގާއިމް ކުރުމުން ގިނަބަޔަކަށް ފަސޭހަ ލިބިގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, ފ. ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސަވަައި މެދުރާއްޖޭގައި އަޅާ މަސްފެކްޓަރީ އެރަށުގައި އެޅުމަށް ނިންމެވުމާއި ގުޅިގެން, މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މިނިސްޓްރީގެ ސީނިއަރ ޓީމެއް މިއަދު ވަނީ ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފައެވެ.

މިބައްދަލުވުމުގައި، ފެކްޓަރީ ގާއިމްކުރުމަށް އެރަށުގެ ސިނާއީ ސަރަހައްދުގެ ބައެއް ކަނޑައެޅުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

Ministry of Fisheries and Ocean Resources on X: "ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, ފ. ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސަވަައި މެދުރާއްޖޭގައި އަޅާ މަސްފެކްޓަރީ އެރަށުގައި އެޅުމަށް ނިންމެވުމާއި ގުޅިގެން, މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މިނިސްޓްރީގެ ސީނިއަރ ޓީމެއް… https://t.co/zJpIF8EL9R" / X (twitter.com)

އެކަމާ ގުޅޭގޮތުން 'މަސްވެރިން އޮންލައިން'އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ، މިއަދުގެ ބައްދަލުވުގައި، އެ ބިމަކީ އެކަމަށް އެކަށީގެންވާ ބިމެއްތޯ ބަލައި، އެބިމުން ނަގާނެ މިންވަރެއް ކަނޑައެޅުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި އެ ބިން ދޫކުރަން ކައުންސިލުން އެއްބަސްވާ ވާހަކައާއި، އެކަމަށް މަގުފަހިކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމަކަށް ކައުންސިލުން ތައްޔާރަށް ތިބި ވާހަކަ ކައުންސިލްގެ ފަރާތުން ވިދާޅުވި ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަން ބޭނުންވީ، އެކަމަށް އެކަށީގެންވާ ބިމެއްތޯއާ، އެކަމަށް މޫސުމީގޮތުންް ހުންނަ ގޮންޖެހުންތަކާ. ބެލިއިރު އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ ރަނގަޅު ސަރަހައްދަކުން ބިން ލިބޭގޮތަށް ހަމަޖެހިފަ އޮތީީ" މުއްތަލިބު ވިދާޅުވިއެވެ.

އެ މަޝްރޫއުއަށް މި ސްޓޭޖުގައި އަދި ކުރިއަށްދާ ކަމަކީ އެއީ ކަމަށާއި ދެން އޮންނާނީ، ކައުންސިލްގެ ފަރާތުން އިންފްރާ ސްޓްރަކްޗަރ މިނިސްޓްރީގައި އެދިގެން، ފިޝަރީޒް މިނިސްޓްރީއާ ބިން ހަވާލު ކުރުމުގެ މަސައްކަތް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ހިމިތީގައި އެފަދަ ކާރުޚާނާއެއް ޤާއިމުކުރުން މާފައިދާވާނެކަމަށްފެނޭ!

Leave a Reply

Your email address will not be published.