މަސްވެރިކަމާއި ގުޅޭ

ކުޅުދުއްފުށި ސިޓީގެ މަގެއްމަތި، ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުށި ސިޓީގެ މަގެއްމަތި، ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ކުރިއަށް އޮތް 4 މަހު އުތުރާއި މެދުރާއްޖެތެރެއަށް ވާރޭވެހޭ މިންވަރު އިތުރުވާނެ

ކުރިއަށް އޮތް 4 މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް އާއްމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް މޫސުމާއި ގުޅޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓުން ބުނީ މިއަހަރުގެ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެންބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ނިމުތު ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުންކަމަށާއި، ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައިވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭކަމަށް މެޓުން ވިދާޅުވެއެވެ.

މިހާރު ގުނަމުން މިދަނީ ހުޅަނގު މޫސުމުގެ ތިންވަނަ ނަކަތް ކަމުގައިވާ "ކެތި"ގެ ދުވަސްތަކެވެ.

ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ކުރިއަށްދާނީ މިމަހުގެ 6ވަނަ ދުވަހުން 19ވަނަ ދުވަހަށެވެ. މި ނަކަތް ކުރިއަށްދާނީ 14 ދުވަހަށެވެ.

މި ނަކަތުގައި ވިއްސާރަ ވިލާގިނަވާން ފަށާ އަދި ހުޅަނގު މޫސުމުގެ ވިއްސާރަ ރަނގަޅަށް ކުރަން ފަށައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.