މަސްވެރިކަމާއި ގުޅޭ

Screenshot 2024-05-06 073630

އީރާނަށް ކުރި ވިއްސާރައިގައި 'މަހުގެ ވާރޭ' ވެހިއްޖެ

އީރާނަށް ކުރި ވިއްސާރައިގައި، އެޤައުމުގެ ޔަސޫޖު ސަރަހައްދަށް 'މަހުގެ ވާރޭ' ވެހިއްޖެއެވެ.

މި މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، ގިނަ ބަޔަކަށް މި ވީޑިއޯތަކާއި އެކު ލިބިގެން ދިޔައީ ހައިރާން ކަމެވެ. އަދި މިއީ އަސްލުވެސް ހިނގި ކަމެއް ކަމާއި މެދުވެސް މީހުންވަނީ ސުވާލު އުފައްދާފައެވެ.

އެހެންނަމަވެސް އީރާންގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނީ މިއީ އަސްލުވެސް ހިނގާފައިވާ ކަމެއް ކަމަށެވެ.

ވާރެއާއި އެކު އުޑުން މަހުގެ ބާރޭ ވެހުމުގެ ހާދިސާތައް މީގެ ކުރިންވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައި އެބަހުއްޓެވެ. ސައިންސްވެރިން ބުނާ ގޮތުގައި މަހުގެ ވާރޭ ވެހެން މެދުވެރިވާ ސަބަބަކީ ތިލަ ކޯރުތަކާއި ދިމާލުގައި އެނބުރޭ ވައިރޯޅި އުފެދި އެ ކޯރުގައި ހުންނަ ހުރިހާ އެއްޗެއް ވާރޭ ވިލާތަކުގެ ތެރެއަށް ދަމައިގަތުމުން ކަމަށެވެ.  އަދި އެހެން ދަމައިގަންނަ އިރު، މޫދުގައި އުޅޭ މަހާއި ވެނާ ބޮއް ފަދަ އެއްޗެހި ވެސް ދަމައިގަންނެއެވެ.

މިހެން ވާރެއާއި އެކު ފައިބާ މަސް ކެއުމަށް ބޭނުންކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.