މަސްވެރިކަމާއި ގުޅޭ

salmon

ކަނޑުމަހާއި ކޯރުމަސް! މީގެތެރެއިން އެންމެ ފައިދާ ބޮޑީ ކޮން ބާވަތެއްގެ މަހެއް؟

ޓޫނާ ނުވަތަ ކަނޑުމަހަކީ ދިވެހިން ކެއުމުގައި އާއްމުކޮށް ބޭނުންކުރާ އެއްޗެކެވެ. ދުނިޔޭގައިވެސް ކަނޑުމަހަކީ ވަރަށް މަޤްބޫލް މަހުގެ ބާވަތެކެވެ.

ކަނޑުމަހާއި ދެން އެންމެ ވާދަކުރާމަހުގެ ބާވަތަކީ އާއްމުގޮތެއްގައި ކޯރުތަކުން ހިފާ އުޅޭ ސެލްމަން މަހެވެ.

މި ދެ ބާވަތުގެ މަހަކީވެސް ސިއްޙީގޮތުން ގިނަ ފައިދާތަކެއް އެކުލެވޭ މަހުގެ ބާވަތްތަކެކެވެ. މި ދެ ބާވަތުގެ މަހުގެ ތެރެއިން ސިއްޙީގޮތުން އެންމެ ފައިދާ ބޮޑީ ކޮން ބާވަތެއްތޯ ބަލާލަމާ ހިނގާށެވެ.

ކަނޑުމަސް/ ޓޫނާ

ކަނޑުމަހަކީ ފެޓީ އެސިޑެއް ކަމަށްވާ އޮމޭގާ 3 ގިނަ އަދަދަކަށް ހިމެނޭ ބާވަތެކެވެ. އެހެން ނަމަވެސް ދަޅުގައި ބަންދުކޮށްފައި ހުންނަ ކަނޑުމަހުގައި އޮމޭގާ 3 އެކުލެވޭ މިންވަރު އެކި ބުރޭންޑުތަކުގައި ތަފާތެވެ.

އޮމޭގާ 3 ގެ އިތުރުން ކަނޑުމަހަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންއަށްވެސް ރަނގަޅު ކާނާގެ ބާވަތެކެވެ.

އެގޮތުން ހަނގަޑަށާއި ނިޔަފަތި އަދި އިސްތަށި ގަނޑަށްވެސް ގިނަ ފައިދާތަކެއް ކަނޑުމަސް ކެއުމުން ކުރެއެވެ.

ކަނޑުމަހަކީ ހިތުގެ ބަލިތަކާއިވެސް މީހާ ދުރުކޮށްދޭ އެއްޗެކެވެ. އަދި ފަލަވާ ބަލި ޖެހުމުގެ ޗާންސް ކުޑަކޮށްދީ، މީހާގެ ދިފާއީ ނިޒާމްވެސް ވަރުގަދަކޮށްދެއެވެ.

 

 ސެލްމަން

ސެލްމަންއަކީ އޮމޭގާ 3 ފެޓްސް ގިނަ އަދަދަކަށް އެކުލެވޭ މަހެކެވެ. މި ބާވަތުގެ މަސް ކެއުމުން މީހާގެ ފެނުން ވަރުގަދަކޮށްދެއެވެ. އަދި ޓޫނާއަށްވުރެ ގިނަ އަދަދަކަށް ވިޓަމިން ޑީ މިބާވަތުގެ މަހުން ލިބެއެވެ.

އަދި މާބަނޑުއިރު ސެލްމަން މަސް ކެއުމަކީ އޭގެން ބަނޑުގައި އޮންނަ ދަރިފުޅަށް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. އެގޮތުން ސެލްމަންގައި އެކުލެވޭ އޮމެގާ 3 ފެޓީ އެސިޑްސް އަކީ ދަރިފުޅުގެ ސިކުނޑިއަށާއި ލޮލަށް ވަރަށް ރަނގަޅު އެއްޗެކެވެ. އޭގައި ޕްރޮޓީންއާއި ބީ ވިޓަމިންސްވެސް ހުރެއެވެ. ސެލްމަންއަކީ އެހެން މަސްތަކާ އަޅާބަލާއިރު މާކިއުރީ މަދު އަދަދަކަށް އެކުލެވިގެންވާ މަހެކެވެ.

ކޮން ބާވަތެއްގެ މަހެއް އެންމެ ރަނގަޅީ؟

ސެލްމަން އަދި ޓޫނާއަކީވެސް ސިއްޙީ ގިނަ ފައިދާތަކެއް ލިބޭ މަހެކެވެ. ވިޓަމިން ޑީ އަދި އޮމޭގާ 3 ފެޓްސް ގިނަ އަދަދަކަށް އެކުލެވޭތީ ސެލްމަންއިން ލިބޭ ފައިދާ ބޮޑެވެ. އަދި ޕްރޮޓީން ގިނަ އަދަދަކަށް އެކުލެވޭތީ ޓޫނާއަކީ ވެސް ފައިދާ ހުރި ކާނާގެ ބާވަތަކެވެ.

މީގެތެރެއިން އެންމެ ފައިދާ ބޮޑު މަހެއް ހޮވުމަކީ އުނދަގޫކަމެކެވެ. ދެބާވަތުގެ މަހުންވެސް ލިބޭ ފައިދާތަށް ތަފާތެކެވެ.

އެހެންކަމުން އެއިރެއްގައި އެމީހެއްގެ ހަށިގަނޑަށް ބޭނުންވާ ސިއްޙީ ފައިދާތަށް ހޯދުމަށް އަމާޒްކޮށް މިދެބާވަތުގެ މަހުގެ ތެރެއިން ބޭނުން ވައްތަރެއް ހިޔާރުކުރާށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!