މަސްވެރިކަމާއި ގުޅޭ

Image 2020-11-22 at 12.50.53

ކަނދުފަތި ކައިރީ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ ވީޑިއޯ އައްޑޫސިޓީ މަސްވެރިންގެ ޕޭޖުން އާންމުކޮށްފި

ކަނދުފަތި ކައިރީ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ ވީޑިއޯ އައްޑޫސިޓީ މަސްވެރިންގެ ޕޭޖުން އާންމުކޮށްފިއެވެ.

މި ވީޑިއޯ ހިއްސާކުރަމުން އައްޑޫސިޓީ މަސްވެރިންގެ ފޭސްބުކް ޕޭޖުން ބުނީ މިފަދަ ކަންކަން ހުއްޓުވޭނީ މިފަދަ ކަންކަން ކުރާ މީހުންގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްގެން ކަމަށެވެ. އަދި ފިޝަރީޒް މިނިސްޓްރީން ހަދާފައިވާ ޤަވާއިދުތަކާ ޚިލާފަށް ކަނދުފަތި ބޭނުންކުރާ މީހުންގެ މަޢުލޫމާތު ހިއްސާކުރުމަށް އައްޑޫސިޓީ މަސްވެރިންގެ ޕޭޖުން ވަނީ ހުރިހާ މަސްވެރިންނަށް ގޮވާލާފައެވެ.

މި ވީޑިއޯއިން ފެންނަނީ ކަނދުފަތީ ބޮއި ކައިރިޔަށް ރޯލު ދޫކޮށްގެން މަސްވެރިކަން ކުރަމުންދާ މަންޒަރެވެ.

މީގެތިންދުވަސް ކުރިންވެސް އައްޑޫސިޓީ މަސްވެރިންގެ ޕޭޖުންނާއި ހިރިލަންދޫ މަސްވެރިންގެ ޕޭޖުންވަނީ މިފަދަ މީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން، ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތި ވަށައިގެން 3 މޭލު ސަރަހައްދުފައި ދިރޭ އެން ޖަހައިގެން މަސްވެރިކަން ކުރުމާއި، ކަނދުފަތި ކައިރީގައި ވަދު ދެމުމާއި، ތާވަޅު އުކުމާއި އަދި ކަނދުފަތީގައި ވާ އެއްސުމަކީ މަނާ ކަންކަމެވެ. މި ޤަވާއިދުގެ ދަށުން ކަނދުފަތީގައި ވާ އެއްސި ދޯންޏެއްގެ އޮޑިވެރިޔާއާއި ކެޔޮޅު މިދިޔަ މަހު ފިޝަރީޒް މިނިސްޓްރީން ވަނީ ޖޫރިމަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!