މަސްވެރިކަމާއި ގުޅޭ

Image 2020-11-23 at 10.32.53

ރާސްތާ ދޯނީގައި އަލިފާން ރޯވީ ގޭސްފުޅިއަކުން ގޭސް ލީކުވެގެން: އެމްއެންޑީއެފް

ގދ. ތިނަދޫ ފަޅުގައި އޮތް ރާސްތާ ދޯނީގައި އަލިފާން ރޯވީ ގޭސްފުޅިއަކުން ގޭސް ލީކުވެގެން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ،

ރޭ 12:30 ގައި ހިނގި މި ހާދިސާގައި ދޯނީގައި އެވަގުތު ތިބި 4 މީހުންނަށް އަނިޔާވެ ތިނަދޫގައި ހުންނަ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް އަދި ސާފެން ނުވެއެވެ. ނަމަވެސް މީގެތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ތިނަދޫ ފަޅުގައި އަޅާފައި އޮތް ރާސްތާ ދޯނީގައި އަލިފާން ރޯވުމާއެކު، އަލިފާންގަނޑު ބޮޑަށް ފެތުރުމުގެ ކުރިން ތިނަދޫގައި ހުންނަ ފަޔަރ އެންޑް ރެސްކިޔުގެ ސިފައިންނާއި، ފުލުހުން އަދި އާންމުން ގުޅިގެން ވަނީ ރޯވި އަލިފާންގަނޑު ނިއްވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!