މަސްވެރިކަމާއި ގުޅޭ

އަލިރާސްތާ-1 / ފޮޓޯ: އެމްއެންޑީއެފް
އަލިރާސްތާ-1 / ފޮޓޯ: އެމްއެންޑީއެފް

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުމާ ގުޅިގެން މ. މުލީ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުމާ ގުޅިގެން މ. މުލީ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިރާސްތާ-1 ދޯނި މ. ކޮޅުފުއްޓާ ދިމާ 11 މޭލު ބޭރުން މަސްވެރިކަން ކުރަމުންދަނިކޮށް އެދޯނީގައި ހުރި 26 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުމާ ގުޅިގެން އޭނާއަށް އަވަސްފަރުވާ ދިނުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިޔާގެ ކޯސްޓްގާޑުން އޭނާ މ. މުއްޔަށް ގެންގޮސް ފަރުވާދޭން ފަށާފައިވާކަމަށެވެ.

މަސްވެރިންގެ ލޮލަށް ބުޅިހެރުމަކީ ދޭތެރެދޭތެރެއިން ދިމާވާ ނުރައްކާތެރި ހާދިސާއެކެވެ. ފާއިތުވި3 މަސްދުވަހަށް ބަލާއިރު މިފަދަ 7 ހާދިސާއެއް ވަނީ ހިނގާފައެވެ. ކަނޑުމަތީގައި އުޅެނިކޮށް އަވަސްފަރުވާ ބޭނުންވާ ފަރާތްތަކަށް ކޯސްޓްގާޑުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!