މަސްވެރިކަމާއި ގުޅޭ

އައިސްޕްލާޓެއް/ ފޮޓޯ: މަސްވެރިން.އެމްވީ
އައިސްޕްލާޓެއް/ ފޮޓޯ: މަސްވެރިން.އެމްވީ

ގާފަރު އައިސްޕްލާންޓްގެ ނުނިމިހުރި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

ގާފަރު އައިސްޕްލާންޓްގެ ނުނިމިހުރި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ގާފަރުގައި މިހާރު މަސައްކަތް ފަށާއިވާ 25 ޓަނުގެ އައިސްޕްލާންޓްގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. މިގޮތުން އަންނަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފާފައެވެ.

13 ނޮވެމްބަރު 2019 ގައި ގާފަރު އައިސްޕްލާންޓް ޤާއިމް ކުރުމުގެ މަސައްކަތް ފުރަތަމަ ހަވާލު ކުރެވިފައިވަނީ VAMCO ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނުނިމުމާއި ގުޅިގެން އެކުންފުންޏާ މަޝަވަރާ ކުރުމަށްފަހު ފިޝަރީޒް މިނިސްޓްރީން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އައިސްޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުން ބާތިލްކޮށްފައެވެ.

މި އައިސްޕްލާންޓްގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ހަމައެކަނި ނިމިފައިވަނީ ފައުންޑޭޝަނާއި ވަށާފާރުގެ މަސައްކަތެވެ.25 ޓަނުގެ މިއައިސްޕްލާންޓް ޤާއިމްކުރަނީ 50 ޓަނުގެ ސްޓޯރޭޖަކާ އެކީގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!