މަސްވެރިކަމާއި ގުޅޭ

ލަންކާގެ ސެންޓްރަލް މަސްމާރުކޭޓުގައި މަސްތަކެއް ވިއްކަން ބަހަައްޓާފައި
ލަންކާގެ ސެންޓްރަލް މަސްމާރުކޭޓުގައި މަސްތަކެއް ވިއްކަން ބަހަައްޓާފައި

ދެމަސް ދުވަހަށް ފަހު ލަންކާގެ އެންމެ ބޮޑު މަސް މާރުކޭޓު އަލުން ހުޅުވައިފި

ދެމަސް ދުވަހަށް ފަހު ސްރީލަންކާގެ އެންމެ ބޮޑު މަސް މާރުކޭޓު އަލުން ހުޅުވައިފިއެވެ.

ސްރީލަންކާގެ ސެންޓްރަލް ފިޝް މާރކެޓު މީގެ ދެމަސްދުވަސްކުރިން ބަންދުކޮށްފައިވަނީ އެތަނުގައި މަސް ވިއްކާ 49 މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި މާރުކޭޓާއި ގުޅުންހުރި 26،774 ކޭސްވަނީ ފެނިފައެވެ.

ކޮވިޑް-19 ލަންކާގައި ފެތުރެން ފެށި ހިސާބުން މިތަނުގެ ވިޔަފާރިވަނީ ދަށަށް ދާން ފަށާފައެވެ.

މި މަސްމާރުކޭޓު ހުޅުވުމުގެ ހުއްދަ ލަންކާގެ ކަމާއި ގުޅުންހުރި ފަރާތްތަކުން ދީފައިވީ ނަމަވެސް ހުއްދަ ދީފައިވަނީ ހަމައެކަނި ހޯލްސޭލް ވިޔަފާރިކުރުމަށެވެ. އެހެން ކަމުން އާއްމުންނަށް މަސް ގަތުމަށް މި މާރުކޭޓަކަށް ނުދެވޭނެއެވެ.

ލަންކާގައި ކޮވިޑުގެ ބަލިމަޑުކަން އޮކްޓޫބަރުމަސްތެރޭ ވަރަށް ބޮޑަށް ފެތުރިގެން ވަނީ ގޮސްފައެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ކޭސްތައް ފެނިފައިވަނީ ހެދުން ފަހާ ފެކްޓްރީއަކުންނާއި ލަންކާގެ ސެންޓްރަލް މަސް މާރުކޭޓުންނެވެ.

ކޮވިޑާއި ގުޅިގެން ދަތުރުފަތުރުކުރުމަށްވެސް މަޑުޖެހުމެއް އައިސްފައިވާއިރު ދުނިޔޭގެ މަސްވެރިކަމުގެ ސިނާއަތަށް ވަނީ މީގެ އަސަރުތައް ކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!