މަސްވެރިކަމާއި ގުޅޭ

rasgefaanu 1

އދ. މަހިބަދޫ "ރަސްގެފާނު 1"

އދ. މަހިބަދޫ "ރަސްގެފާނު-1" އަކީ ބޮޑުކަންނެލީގެ މަސްވެރިކަމަށް ޚާއްޞަ ދޯންޏެވެ.

މި ދޯންޏަކީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިފަހަރުގެ ތެރެއިން އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެކެވެ. މިދޯންޏަކީ ރާއްޖޭގެ މަސްދޯނި ތަކުގެ ތެރެއިން ދެ އިންޖީނު އަޅާފައިވާ މަދު ދޯނިފަހަރުތަކުގެ ތެރޭގައި ހިމެނޭ ދޯންޏެކެވެ. މި ދޯނީގައި ހުރީ 320 ހޯސްޕަވަރުގެ 2 އިންޖީނެވެ. 93 ފޫޓުގެ މި ދޯނި ބަނދެފައިވަނީ މަހިބަދޫގައެވެ. މިދޯންޏަކީ އެންމެ ފަހުން މަހިބަދޫގައި ބޭލި ދޯންޏެވެ.

21 މަސްވެރިންނާއެކު މަހަށްދާ މި ދޯނީގެ ކެޔޮޅަކީ އދ. މަހިބަދޫ ޝާދީ ވިލާ އަހުމަދު ނާސިރެވެ.

ގުޅުންހުރި ލިޔުންތައް