މަސްވެރިކަމާއި ގުޅޭ

breaking

އިހަވަންދޫގައި މަސްވެރިން މުޒާހަރާ ކުރަން ފަށައިފި

ހއ. އިހަވަންދޫގައި މަސްވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.

މި މުޒާހަރާއަކީ މަސްވެރިންނަށް ދިމާވާ ދަތިތަކާބެހޭގޮތުން ޝުއޫރު ފާޅުކުރުމަށް އިހަވަންދޫ މަސްވެރިން ބާއްވާ ސުލްހަވެރި މުޒާހަރާއެއް ކަމަށް މި މުޒާހަރާގައި ބައިވެރިވާ ކެޔޮޅަކު ބުންޏެވެ.

އިހަވަންދޫ އައިސްޕްލާންޓް ކައިރީ ކުރިއަށްދާ މި މުޒާހަރާގައި އިހަވަންދޫގެ މަސްވެރިންގެ އިތުރުން އަންހެނުންވެސް ބައިވެރިވެއެވެ. އަދި ރަށުގެ ކައުންސިލް މެމްބަރުންވެސް މުޒާހަރާގައި ބައިވެރިވެއެވެ. މުޒާހަރާގެ ބައިވެރިންތިބީ އެމީހުންގެ ކަންބޮޑުވުންތައް އެކުލެވޭ ޕޯސްޓަރު ތަކާ އެކުގައެވެ. މި މުޒާހަރާގައި އެރަށު ކެޔޮޅުންނާއި މަސްވެރިން ގެންދަނީ ޝުއޫރު ފާޅުކުރަމުންނެވެ. މުޒާހަރާގައި ޝުޢޫރު ފާޅުކުރަމުންދާ މަސްވެރިން ބުނީ މިއަދު އެމީހުން ހުރިހާ ދޯންޏެއް ފަޅުގައި އަޅައިގެން މިތިބީ ރީއްޗަކަށް ނޫންކަމަށާއި، ދޯނިފަހަރު މަހަށް ނުފުރި ތިބެން މިޖެހެނީ މަސް ކިރޭނެ ގޮތެއް ނެތިގެން ކަމަށެވެ.

"މަސްވެރިންނަށް މިވަރު ދައްޗަކާ އަދި ދިމާނުވޭ. މަހެއް ކިރެނީކީނޫން. އައިހެއް ލިބެނީކީ ނޫން. ދުވަހަކު ދަށަށް ނުދާ މިންވަރަށް މިއިންޑަސްޓްރީ ދަށަށް ގޮއްސަ މިއޮތީ. މިހާރު އެއްވެސް ގޮތެއްނެތި މަސްވެރިން މިތިބީ ރަށުގައި ލޮކުޑައުންވެފަ. މި ސަބަބާހެދި އަޅުގަނޑުމެން މުޒާހަރާއަށް ނިކުންނަން މިޖެހުނީ." އިހަވަންދޫގެ މަސްވެރިޔަކު ބުންޏެވެ.

މުޒާހަރާކުރަމުންދާ ބުނީ މިސަރުކާރަކީ މަސްވެރިންނަށް ހެޔޮއެދޭ ސަރުކާރެއް ނޫންކަމަށެވެ.

"މިނިސްޓަރު ޒަހާގެ ހިސާބު ގޯސް. މިނިސްޓަރު މި ވިދާޅުވަނީ ކުރީގަ މަސްކިލޯއަކަށް 20 ރުފިޔާ ލިބުނުއިރު މަސްވެރިޔަކަށް މަހަކު ލިބެނީ 11500 ކަމަށް. މަހުގެ އަގު 16 އަށް ބަދަލުކޮށް މަސް ނުކުރި 2 ހަފްތާ ވީމަ މަހެއްގެ މައްޗަށް މަސްވެރިޔަކަށް 22000 ރުފިޔާ ލިބޭކަމަށް. މިހިސާބު ދިމާ ނުވޭ. މިކަމާ ހުރިހާ މަސްވެރިންވެސް އެއްބަސްވާނެ." މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

ތަފްސީލު އަންނަނީ...

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.