މަސްވެރިކަމާއި ގުޅޭ

ދޮން ބުރެކި/ ފޮޓޯ: ޑައިވް ކްލަބް މޯލްޑިވްސް

ދޮން ބުރެކި

މިއީ ރާއްޖޭގެ ރަށްރަށާއި ފަރުފަޅުގެ ބޭރުމަތީގެ މުރަކަ ގާތަކުގެ ކައިރީގައި ކުދިއައި ހަދައިގެން ބައިބަޔަށް އުޅޭ މަހެކެވެ. ދޮންބުރެކި ޢާއިލާގެ އެހެނިހެން މަސްމަހާއެކުގައި އައިން ހަދައިގެން އެކުވެއުޅެއެވެ. މިއީ ދިވެހިމަސްވެރިން ދަންނަ އެބައިމީހުންގެ އެންވެރިކަމުގައި ބުރެތްކާއި މުގުރާން ކަހަލަ ފަރު ބޭރުން ހިފާ އުޅޭ އެންހިފާ އުޅޭއިރު ދަލަށް އަރާ މަހެކެވެ. މިމަސް ދިރޭ އެމުގެ ގޮތުގައި ދިވެހިން ކަނޑުމަހުގެ ވައްތަރުތައް ބޭނުމަށް މަދުމަދުން ބޭނުންކޮށް އުޅެއެވެ. މިމަސް 15 ސެންޓިމީޓަރަށް ބޮޑުވާކަމަށްވެއެވެ.

މަހުގެ ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ދެކަފިވެފައެވެ. މަހުގެ އަނގަ ލައްޕާލާފައި ހުންނައިރު ހުންނަނީ ތުންކޮޅަށް ދިގުކޮށެވެ. މިއީ ވަރަށް ލޯމައްޗަށް ފާޅުކަންބޮޑު ކުލައެއްގެ މަހެކެވެ. މަހުގެ މަތީބައިގެ ކުލައަކީ ފިޔާތޮށި ކުލައެވެ. އަދިމަހުގެ އަރިމައްޗާއި ބަނޑުދަށުގެ ކުލައަކީ ރީނދޫކުލައެވެ. މަހުގެ މަތީ ކޮތަރިބައިގެ ހަރުކަށިތަކާއި މަޑުކަރިތަކުގެ ތެރެއިން ކުރީކޮޅުގެކަށިތަކުގެ ކުލައަކީ ފިޔާތޮށިކުލައެވެ. ބަނޑުދަށްފަރާތު ކޮތަރިއާއި ކަންފަތްގަޑާއި ނިގޫފަތުގެ ކުލައަކީ ރީނދޫކުލައެވެ.

މަހުގެ ކާނާއަކީ ކުދި ފަނިފަކުސައެވެ. ދިވެހިން ދޮންބުރެކީގެނަމުން މިބާވަތުގެ މަސްމަހަށް ކިޔާއުޅެއެވެ. ނަމަވެސް ތަފާތު މަސްމަހަށް ވަކި ދިވެހިނަންތަކެއް ދިނުމަކީ ބޭނުންތެރިކަމެއް ކަމުގައިވާތީ ދޮންބުރެކީގެ ތަފާތު ބާވަތްތަކަށް ތަފާތު ނަންދެވިފައިވެއެވެ. މިގޮތުން މިބާވަތަށް އަޅުގަޑުމެންގެ ތެރޭގައި ޒަމާނުއްސުރެ ކިޔަމުންއައި ނަން "ދޮންބުރެކި" ޚާއްސަ ކޮށްފައި ވަނީއެވެ.

އިނގިރޭސި ނަން: Silverstreak anthias
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!