މަސްވެރިކަމާއި ގުޅޭ

dhoani

ކޮވިޑާ ގުޅިގެން މަސްވެރިކަން ކުރިއަރުވަން ދޫކުރި ފައިސާއިންވެސް "ވައްކަން"

ކޮވިޑާއި ގުޅިގެން މަސްވެރިކަން ހުއްޓުމަކަށް އަޔަ ނުދިނުމަށް މަސް ގަންނަ ކުންފުނިތަކަށް 100 މިލިޔަން ރުފިޔާ ވަނީ ދޫކޮއްފައެވެ. މި 100 މިލިޔަން ރުފިޔާ ދޫކޮށްފައިވަނީ އެސްޑީއެފްސީ މެދުވެރިކޮށް މަސްގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކަށެވެ. މިގޮތުން 5 ކުންފުންޏަކަށް މި ފައިސާ ދޫކޮށްފައިވެއެވެ. ނަމަވެސް ފައިސާ ދޫކުރި ކުންފުންޏަކުން މި ފައިސާ ހޯދީ މަކަރާ ހީލަތުން ދޮގު ލިޔުންތަކެއް ހުށައަޅައިގެންކަމަށް ފިޝަރީޒް މިނިސްޓަރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުވެއްދުމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވަޑައިގެންނެވި ދުވަހު ބައެއް މެމްބަރުން ވަނީ މިކަމާ ބެހޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ދޫކުރި ފައިސާ ހޯދަން ކުންފުންޏަކުން ދޮގު ލިޔުންތަކެއް ހުށައަޅައިގެން ފައިސާ ހޯދި މައްސަލައެއް ފެންމަތިވެފައިވާކަމަށާއި އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެކުންފުނީގެ މަޢުލޫމާތު މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ކޮވިޑާ ގުޅިގެން ދޫކުރި ފައިސާ ދޫކޮށްފައިވަނީ ބައިބަޔަށް ކަމަށާއި ފައިސާ ދޫކުރި ކުންފުންޏަކުން ދޮގު މައުލޫމާތު ހުށައަޅައިގެން ފައިސާ ހޯދިކަން ޔަޤީން ވުމުން އިތުރަށް އެކުންފުންޏަށް ފައިސާ ދޫ ނުކުރާ ކަމަށެވެ. އަދި އެކުންފުންޏަށް ދޫކުރި ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. އޯޝަންފްރެސް ބާ؟ ޢައްބާސް އެމް.ޑީ.ޕީގެ މެންބަރުންނައް ގުޅައިގެން މިކަން ބަލަބްއުޅުނޯ! ވިޔަފާރިގަ މަކަރާހީލަތް ހެދުމަކީ ވ.ބޮޑު ގޯހެއް އަދި އިތުބާރުވެސް ގެއްލޭކަމެއް

  2. ރަނގަޅަށް ވިއްޔާ މިހާރު އޮންނާނީ ތިޔަ ކުންފުންޏަކާއެކު ޑީލްހަދާ ނިންމާފަ. ދުވަސްކޮޅަކުން ތިޔަމައްސަލަ އޮންނާނީ ހުދުކާފޫރަށް ގޮއްސަ. ތިތިބީ ކޮންބައެއް.

Comments are closed.