މަސްވެރިކަމާއި ގުޅޭ

ފެހުރިހި

ފެހުރިއްސަކީ މިޔަރުގެ ބާވަތްތަކުގެ ތެރޭން އެންމެ ބޮޑު އަދި ކަނޑުގައިއުޅޭ އެންމެ ބިޔަ އެއް މަހެވެ. ފެހުރިހި 12 މީޓަރަށްވުރެ ބޮޑުވާކަމަށް ވެއެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއްނޫން ކަމުން ފެތުންތެރިންނާއި ފީނުންތެރިން މިބާވަތުގެ މިޔަރާ ވަރަށް ގައިގޯޅިވެ އުޅެއެވެ. މިއީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުންނާއި ބޭރު ކަނޑުން ފެންނަ މިޔަރެކެވެ. ފެހުރިއްސަކީ ރާއްޖޭގައި ޙިމާޔަތް ކުރެވިފައިވާ ބާވަތެކެވެ. ވުމާއެކު މިބާވަތް ހިފުމާއި، މެރުމާއި ކަނޑުންނެގުމަކީ މަނާކަމެކެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ފެހުރިއްސަކީ މަދުންއުޅޭ މިޔަރަކަށްވެފައި އެއީ ދުނިޔެއިން
ނެތިފަނާވެދާނެކަމުގެ ބިރު ހީވެފައިވާ ބާވަތަކަށް ވާތީއެވެ.

މިމަސް އާދަވެގެން ކައިއުޅެނީ އަނގައަށް ކާނާ ފުރާނާ އުސޫލުންނެވެ. މިގޮތަށްވެސް ކައިއުޅެނީ ވަރަށް ކުދިމަހާއި، ފަނިފަކުސާއާއި ކަނޑުގެ މަތީބައިގައި އުޅޭ ކަކުނިފާޑުގެ ސޫތްޕެވެ. ފެހުރިހި ކާނާކާން އުޅޭއިރު ފެނުންހިކޭނުހިކޭ ހިސާބަށް އޭގެ ބޯކޮޅު ބާއްވައިގެން އޮއިމައްޗަށް ދަތުރުކޮށްއުޅެއެވެ. ފެހުރިއްސަކީ ތުންގަޑުކުރު ނިގޫކޮޅަށް ހިމަ ނިގުލުގެ ކަފިކަން ބޮޑު މިޔަރެކެވެ. މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ގަދައަޅިކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދު ނުވަތަ ރީނދޫކުލައެއްގައެވެ. މުޅި މިޔަރުގައި ހުދު ނުވަތަ ރީނދޫ ކުލައެއްގެ ލައްތަކަކާއި ގޮޅިތަކެއް
ހުރެއެވެ. މިޔަރުގެ ދެއަރިމަތީން މަތީބައިގައި ދިގަށްވާގޮތަށް ތިން ކުރަގަޑު ހުރެއެވެ.

 

އިނގިރޭސި ނަން: Whale Shark

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!