މަސްވެރިކަމާއި ގުޅޭ

mas saaf kurun

އެންސިސް ފެކްޓްރީގައި މަސް ސާފުކުރާނެ މީހުން ހޯދުމަށް މިއަދު ހަވީރު ހަރަކާތެއް

އެންސިސް ފިޝަރީޒްގެ ހުޅުމާލޭ ފެކްޓްރީގައި މަސް ސާފުކުރުމުގެ މަސައްކަތް ކުރާނެ މީހުން ހޯދުމަށް މިއަދު މެންދުރު ފަހު ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އެގޮތުން މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުގެ ނަންނޯޓު ކުރުމަށް މިއަދު މެންދުރުފަހު 14:00 އިން ހަވީރު 18:00އަށް ހުޅުވާލެ ފޭސް 2 ގެ ފްލެޓް  H11 ސަރަހައްދުގައި ކުރިއަށްދާނެ ކަމަށް އެންސިސް އިން ހާމަކުރެއެވެ.

އެންސިސްއިން ބުނީ މި ވަޒީފާ އަދާކުރުމަށް އެމީހަކަށް ފަސޭހަ ވަގުތެއްްގައި ފެކްޓްރީއަށް ގޮސް މަސައްކަތްކުރެވޭނެ ކަމަށެވެ. އެގޮތުން މަދުވެގެން ދުވާލަކު 4 ގަޑިއިރު ހަމަކުރަން ޖެހޭ ގޮތުން މަސައްކަތްކުރެވޭނެ ކަމަށާއި އަދި އިތުރު ގަޑިތަކުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާނަމަ އެފުރުސަތުވެސް އޮތްކަމަށް އެންސިސްއިން މައުލޫމާތުދެއެވެ.

މި ވަޒީފާގެ މުސާރަ ހަމަޖެހިފައިވަނީ ސާފު ކުރެވޭ މަހުގެ ބަރުދަނަށް ކަމަށްވެސް އެންސިސްއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!