މަސްވެރިކަމާއި ގުޅޭ

ޤާނޫނު: ސިފައިންގެ ކޯސްޓްގާޑްގެ ތަންފީޛު އޮފިސަރުންގެ ބާރުތައް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނުނު 14/2019 ގެ 60 ވަނަ މާއްދާ ހ އަދި ށ:

މި ޤާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ސިފައިންގެ ކޯސްޓްގާޑްގެ ތަންފީޛީ އޮފިސަރުންނަށް ކޯޓު އަމުރަކާ ނުލައި އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.

(ހ) މި ޤާނޫނުގެ ދަށުން، ބޭރުގެ މަސްވެރި އުޅަނދެއްނަމަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ހުއްޓުވައި، އެ އުޅަނދަށް އަރައި، ބަލައި ފާސްކުރުން އަދި މަސްވެރިކަންކުރާ ދިވެހި އުޅަނދެއްނަމަ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ހުއްޓުވައި، އެ އުޅަނދަށް އަރައި، ބަލައި ފާސްކުރުން؛

(ށ) މަސްވެރިކަންކުރާ ދިވެހި އުޅަނދުތައް ސަރަޙައްދުތަކުގައާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުން ބޭރުގައި އަންނަނިވި ޙާލަތްތަކުގައި ހުއްޓުވައި، އެ އުޅަނދުތަކަށް އެރުން؛
(1) އުޅަނދުގެ ސީވަރދިނަސް ފުރިހަމަވާކަން ކަށަވަރުކުރުމަށްޓަކައި ސީވަރދިނަސް ސެޓްފިކެޓް ނުވަތަ ސަރވޭ ރިޕޯޓު އޮތްތޯ ބެލުމަށް،
(2) އުޅަނދާއި އުޅަނދުގައި ބޭނުންކުރާ އެންމެހައި އާލާތްތަކަކީ ކަމާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ހުރި އާލާތްތަކެއްކަން ކަށަވަރުކުރުމަށް، އަދި
(3) އެ އުޅަނދަކީ މަސްވެރިކަންކުރުމަށް އެކަށީގެންވާ އުޅަނދެއްތޯ ބެލުމަށް.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!