މަސްވެރިކަމާއި ގުޅޭ

nazim

ދިވެހި ކަނޑުތަކަށް ވަންނަ ބޭރުގެ މަސްބޯޓުތައް މިހާރަށްވުރެ ފުރިހަމައަށް މޮނިޓަރ ކުރެވެން ޖެހޭ: ކާނަލް ނާޒިމް

ދިވެހި ކަނޑުތަކަށް ވަންނަ ބޭރުގެ މަސްބޯޓުތައް މިހާރަށްވުރެ ފުރިހަމައަށް މޮނިޓާ ކުރެވެން ޖެހޭ ކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރާ ވީޑިއޯތަކެއް އާންމުވުމާ ގުޅިގެންނެވެ. ކާނަލް ނާޒިމަކީ ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަދި ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި މިހާރަށްވުރެ ފުރިހަމައަށް މޮނިޓަރކޮށް ބެލެހެއްޓެން ޖެހޭކަމަށެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން މަސްދޯންޏަކުން ބުނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެ ހަފްތާގެ ކޮންމެ ދުވަހަކުވެސް ޤަވާއިފާ ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ބޯޓްފަހަރު ރާއްޖޭ ސަރަހައްދުން ފެނިފައިވާކަމަށާއި އެމީހުން މަސްވެރިކަން ކުރަނީ ދާ އަޅައިގެން ކަމަށެވެ. މި ބޯޓްތައް ފެނުނީ އިހަވަންދޫން ފެށިގެން 25 މޭލާއި 75 މޭލާ ދެމެދުން ކަމަށް މަސްދޯނިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!