މަސްވެރިކަމާއި ގުޅޭ

މަސްފާނަ

މިއީ ރާއްޖޭގެ އެތެރެވަރީގެ ގިރިފަމާއި ފަރުފަޅުގެ ގާތަކުގެ ނިވަލުގައި، 40 މީޓަރަށްވުރެ ތިލަ ހިސާބުތަގައި ވަރަށް ގިނައިން އުޅޭމަހެކެވެ. ގިނައިން އުޅެނީ ގުންޑޮޅި ދަށުގައްޔާއި، ފަރުގެ ގާތަކުގެ ތެރޭގައި ފިލަފިލައިގެންނެވެ. އެކަހެރިކޮށާއި ޖޯޑުޖޯޑަށް އުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 55 ސެންޓިމީޓަރަށެވެ. މިއީ ދިވެހި މަސްވެރިން ދަންނަ ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި ގިނަޢަދަދަކަށް ބޭނޭ މަހެކެވެ. ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މީރުމަށެވެ. ރާއްޖޭގެ ފަޅުފަޅާއި ފަރުފަރުގެ މުރަކަތަކުގެ ތެރޭގައި ރީތި ޙަރަކާތްތަކެއް ގެންގުޅޭ މިރީތިމަހަކީ ވަރަށް ގިނަ މީހުން
ދެކޭހިތްވާމަހެކެވެ. ރާއްޖޭގައި ކުރާ ފާނަ މަސްވެރިކަމުގައި މިބާވަތުގެ ފާނަ ގިނަ ޢަދަދަކަށް ބޭނިފައި ހުރެއެވެ.

ފާނައިގެ މަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގެ ކަށިތަކަށްވުރެ އެކޮތަރިބައިގެ މަޑުކަށިތައް ދިގުވާނެއެވެ. މަހުގެ ކަރުތާފަތްގަޑުގެ ތިރީގައި ހުންނަކޮތަރިބައި، މަހުގެ ބޮލުގެ ދިގުމިނުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުރުކަމަށް ދައްކައެވެ. މިމަހުގެ ކުލައަކީ ގަދަ މުށިކުލައެވެ. މަހުގެ އަރިމަތިން ދެފަރާތުގައި ގާތްގަޑަކަށް 7 ހުރަސް ބޭންޑު ނުވަތަ ރޮނގު ފާޅުކޮށް ފެންނަންހުރެއެވެ. މަހުގެ ކޮތަރިބައިތަކާއެކު މުޅި ހަށިގަޑުގައި ހުންނަނީ ނޫކުލައިގެ
ތިކިތަކެއްޖަހާފައެވެ. އަދި މިތިކިތަކުގެ ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ. މިމަހުގެ ޢާއްމު ކާނާއަކީ ކުދިމަހެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Peacock hind
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.