މަސްވެރިކަމާއި ގުޅޭ

258867721_269535395200233_3523155458960060312_n

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ގުރައިދޫ ހުރިހާ މަސްދޯނި ތަކުގެ މެދުގައި ފުޓްސަލް މުބާރާތެއް!

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ކުރައިދޫ މަސްވެރިންގެ މެދުގައި ކޮންމެ އަހަރަކުވެސް ބާއްވާ ފުޓްސަލް މުބާރާތް ޑިސެމްބަރު 9 ވަނަ ދުވަހު ފަށާގޮތަށް ނިންމައިފިއެވެ.

މު މުބާރާތަކީ އެރަށު ހުރިހާ ދޯނިފަހަރުގެ މެދުގައި ކުޅޭ ވަރަށް ފޯރިގަދަ މުބާރާތެކެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް ނިމޭނީ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ. މި މުބާރާތުގައި އެރަށު 4 މަސްދޯނި ބައިވެރިވެއެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަސް އެރަށުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާކަމަށެވެ. ފުޓްސަލް މުބާރާތުގެ އިތުރުން އަންހެނުންގެ ފަރާތުން މަސްވެރިންނަށްދޭ ޚާއްޞަ ޖާފަތާއި، މަސްވެރިންގެ ފަރާތުން ރަށުގެ ކުދިބޮޑު އެންމެންނަށްދޭ ޚާއްސަ ސައި ހިމެނެއެވެ. މިކަންތައްތަކުގެ އިތުރުން އެރަށު މަސްވެރިންގެ ތެރެއިން ފާހަގަކުރެވޭ ފަރާތްތަކަށް ޚާއްޞަ އެވޯޑުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި އެންމެ ތަޖުރިބާހުރި ކެޔޮޅާއި އެންމެ ޒުވާން ކެޔޮޅުފަދަ މަޤާމްތައް ހިމެނޭކަމަށް ކައުންސިލުން ބުނެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ގުރައިދޫގައި ފާހަގަކުރަނީ އެރަށު ކައުންސިލާއި މަސްވެރިން ގުޅިގެންނެވެ. ތ. ގުރައިދޫއަކީ އެކުވެރި ރައްޔިތެއް ދިރިއުޅެމުންދާ ނަމޫނާ ރަށެކެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!