މަސްވެރިކަމާއި ގުޅޭ

pink_handfish

ހިނގާފައި އުޅޭ "ޕިންކް ހޭންޑް ފިޝް" މަހެއް ފެނިއްޖެ

22 އަހަރަށްފަހު ޕިންކް ހޭންޑު ފިޝްއެއް ފެނިއްޖެއެވެ. މި މަސް ފެނިފައިވަނީ އޮސްޓްރޭލިއާގެ ޓެސްމޭނިއާގެ އައްސޭރިފަށުންނެވެ.

އެންމެ ފަހުން ދުނިޔެއިން މިފަދަ މަހެއް ފެނިފައިވަނީ 1999ވަނަ އަހަރު ޓެސްމޭނިއާއިންނެވެ. އޭގެ ކުރިންވެސް އެމަސް ފެނިފައިވަނީ ޖުމްލަ 4 ފަހަރުއެވެ. އޮސްޓްރޭލިއާގެ ދިރާސާ ކުރާ ފަރާތްތަކުން ބުނީ މިމަސް ފެނިފައިވަނީ މޫދުގެ ވަރަށް އަޑީގެ މަންޒަރުތަށް ކެމެރާއަށް ރެކޯޑުކުރުމުގެ ތެރޭގައި ކަމަށެވެ.

ޕިންކް ހޭންޑު ފިޝްއަކީ ދުނިޔެއިން ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތުގެ މަހެކެވެ. މިމަސް މީގެކުރިން ފެނިފައިވަނީ ތިލަ ހިސާބުތަކުންނެވެ. އެހެން ނަމަވެސް މި ފަހުން މިމަސް ފެނިފައި މިވަނީ ޓެސްމޭނިއާގެ ކަނޑުގެ އައްސޭރިފަށުން 120 މީޓަރު އަޑިންނެވެ.

ބަލާ ބެލުމަށްވެސް ޕިންކް ހޭންޑް ފިޝްއަކީ ތަފާތު މަހެކެވެ. އޭގެ ބޮޑު ދެ އަތްހެން އޮންނަ ފަންގަނޑު ބޭނުންކޮށްގެން މޫދު އަޑީގައި ހިނގާ ހަދައެވެ. މި މަސްތަކަށް ފީނާފައިވެސް އުޅެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!