މަސްވެރިކަމާއި ގުޅޭ

ޕަލާއު
ޕަލާއު

ޕަލާއުގައި ބާއްވާ "އަވަރ އޯޝަން ކޮންފަރެންސް" ގައި ބައިވެރިވުމުގެ ފުރުޞަތު

ދަ ރިޕަބްލިކް އޮފް ޕަލާއު ގައި އަންނަ ފެބްރުއަރީމަހު ބޭއްވުމަށް ހަމަޖެހިފައިވާ "އަވަރ އޯޝަން ކޮންފަރެންސް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވީ ޕަލާއު ގައި އަންނަ ފެބްރުއަރީމަހުގެ 16 އަދި 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ "އަވަރ އޯޝަން ކޮންފަރެންސް" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
މިއީ، ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމަކުން މި ކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރެވެ. މި ކޮންފަރެންސް ވެގެންދާނީ ކަނޑުތަކުގެ ރައްކާތެރިކަމަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ޤައުމުތަކާއި، މަދަނީ މުޖުތަމަޢުއާއި، ޞިނާޢަތްތަކާއި، ޒުވާނުން ޢަޒުމް ކަނޑައެޅުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއްގެ ގޮތުގައި ޔޫތު މިނިސްޓްރީން ދެކެއެވެ.

މި ސްކޮލާރޝިޕުން (ފުލީ-ފަންޑެޑް) ލިބިދޭ ކަންތައްތައް:
• ރިޕަބްލިކް އޮފް ޕަލާއުގެ ދެކޮޅު ޓިކެޓް
• 13 އިން 20 ފެބްރުވަރީ އަށް ޕަލާއުގައި ހުރުމުގެ އިންތިޒާމުތައް.
• 16 އިން 17 ފެބްރުވަރީ 2022 އަށް "އަވަރ އޯޝަން ކޮންފަރެންސް 2022" ގައި ބައިވެރިވުން.

މި ސްކޮލާރޝިޕަށް ކުރިމަތިލުމުގެ ޝަރުތުތައް:
• އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން.
• ތިރީގައިވާ ދާއިރާތަކުގެ ތެރެއިން މަދުވެގެން އެއް ދާއިރާއަކުން ރަނގަޅު އަސަރެއްކުރާފަދަ މަސައްކަތެއް ކޮށްފައިވުން.
- ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، މޫސުމާއި އަދި މާހައުލީނިޒާމް ކުރިއެރުވުން.
- ކަނޑު ތަޣައްޔަރު ކުރާ މައްސަލަތައް ހައްލުކުރުން.
- މޫސުމާއި ކަނޑުގެ ކާރިސާތަކުން އަރައިގަތުމަށް މަސައްކަތްކުރުން.
- ނޫ އިޤްތިޞާދު ދެމެހެއްޓުމަށް މަސައްކަތްކުރުން.
- ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުން.
- ކަނޑުގެ ރައްކާތެރިކަން ޙާސިލްކުރުން.

މި ސްކޮލާރޝިޕާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އަދި އޮންލައިން އެޕްލިކޭޝަން ފޯމް   https://www.oneyoungworld.com/scholarships/our-oceans/2022 ލިބެންހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. މި ސްކޮލާޝިޕަށް އޮންލައިންކޮށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!