މަސްވެރިކަމާއި ގުޅޭ

މިފްކޯގެ ބޯޓަކަށް މަސްވެރިން މަސްކިރުވަނީ
މިފްކޯގެ ބޯޓަކަށް މަސްވެރިން މަސްކިރުވަނީ

ފިޝަމަންސް އެސޯސިއޭޝަންގެ ބައެއް މުހިންމު ހަރަކާތްތައް

ފުއައްމުލަކު ސުކޫލް ކުދިންނަށް ހިންގި އެވެއާރނެސް ޕްރޮގުރާމް:

ޏ. ފުއައްމުލަކު ސްކޫލް ކުދިންނަށް އަމާޒުކޮށްގެން އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފިއެވެ. މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން ހިންގި މި ޕްރޮގްރާމްގައި ދީފައިވަނީ މަސްވެރިކަމާއި ގުޅޭ ތަފާތު ކަންކަމާއި ގުޅޭ ގޮތުންނެވެ. ފުއައްމުލަކު
އެޓޯލް އެޑިއުކޭޝަން ސެންޓަރާއި ފުއައްމުލަކު އަތޮޅު ކައުންސިލާއި ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ފުއައްމުލަކު އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ފިޝަރީޒް ސައިންސް ކިޔަވާ 60 ދަރިވަރަކު ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެވެސް އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ފުވައްމުލަކު މަސްވެރިންނަށް އަމާޒުކޮށް ހިންގި މަސްވެރިކަމުގެ ޓެކްނޮލޮޖީއާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން:

ޏ.ފުވައްމުލަކު މަސްވެރިންނަށް އަމާޒުކޮށް ފުއައްމުލަކުގައި މަސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.ސެޓްލައިޓާއި، ނެވިގޭޝަން، މުއާމަލާތް ކުރުން އަދި މަސްވެރިކަން ކުރުމަށް ބޭނުން ކުރާ އާލަތްތަކާ ބެހޭ މަޢުލޫމާތާއި އަދި އެތަކެއްޗަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރާނެ ގޮތްތައްވެސް މި ބައްދަލުވުމުގައި މަސްވެރިންނަށް ކިޔައިދީފައިވެއެވެ. ފުއައްމުލަކު އަތޮޅު ކައުންސިލާއި މައިޒާން،އިލެކްޓްރޯނިކްސް އަދި ޕޯލް އެންޑް ލައިން ފައުންޑޭޝަން ގުޅިގެން ހިންގި
ކުރިއަށް ގެންގޮސްފައިވަނީ 2016 މާރޗް 10 ވަނަ ދުވަހުއެވެ.

ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ޔަންގު ފިޝަސް ކުލަބު އިފްތިތާޙް ކޮށްފި:

ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ޔަންގު ފިޝަސް ކުލަބު އިފްތިތާޙް ކޮށްފިއެވެ. އެޕްރީލްމަހުގެ 18 ވަނަ ދުވަހުގައި ދ. އަތޮޅު ކުޑަހުވަދޫގައި ހުންނަ  އެއަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ޔަންގް ފިޝަރސް ކްލަބް އިފްތިތާޙް ކޮށްފައިވާއިރު މިއީ އަތޮޅުތެރޭގައި ޔަންގް ފިޝަރސް ކްލަބް އިފްތިތާހްކުރި ދެވަނަ ސްކޫލެވެ. މޯލްޑިވްސް ފިޝަމަން އެސޯސިއޭޝަނާއި ފިޝަރީޒް މިނިސްޓްރީ އަދި އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން ގުޅިގެން ހިންގި މި ހަރަކާތަކީ މައިޒާން އިލެކްޓްރޯނިކްސް އާއި ސްޓޭޓް
ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) ހޯޕް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު އިފްތިތާޙް ކުރެވުނު ހަރަކާތެކެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުންނާއި ސުކޫލް ކުދިން ހޭލުންތެރި ކުރުމެވެ. މި ޕްރޮގުރާމަށް ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ބެލެނިވެރިންނާއި ދަރިވަރުން އަދި ސަރުކާރުގެ މުއައްސަސާތަކުގެ ވރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.

އިންޑިޔާޢިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު ފިޝަމަންސް އެސޯސިއޭޝަން އާއި ބައްދަލުކޮށްފި:

އިނޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހިސް އެކްލެންސީ މރ. އަކިހިލޭޝް މިޝްރާއާއި މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން ބައްދަލުކޮށްފިއެވެ. މި ބައްދަލު ކުރެއްވުމުގައި ދެގައުމުގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަށް ހޭލުންތެރި ކުރުމަށާއި އެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ދެފަރާތުން މަޝްވަރާކޮށް ހިޔާލު ބަދަލު ކޮށްފައިވެއެވެ.

ގއ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ޔަންގު ފިޝަސް ކްލަބް އިފްތިތާޙް ކުރުން.

ގއ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ޔަންގު ފިޝަސް ކްލަބް އިފްތިތާޙް ކޮށްފިއެވެ. އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ޔަންގް ފިޝަސް ކްލަބް އިފްތިތާޙް ކުރުމަށް ޔަންގް ފިޝަރސް ކްލަބް އިފްތިތާޙް ކުރުމަށް ގއ. ވިލިނގިލީގައި އެޕްރީލް 6 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ބައިވެރިވެފައިވެއެވެ. ސްކޫލްތަކުގެ ދަރިވަރުންނަށްް މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ހޭލުންތެރިކުރުމާއި ސްކޫލް ދަރިވަރުންގެ މެދުގައި މަސްވެރިކަމާއި އެކަމާއި ގުޅުންހުރި ދާއިރާތަކަށް ޝައުޤުވެރިކަން އުފެއްދުމުގެ ގޮތުން ހިންގޭ ޔަންގް ފިޝަރސް ކްލަބް ހަރަކާތަކީ މޯލްޑިވްސް ފިޝަމަން އެސޯސިއޭޝަނާއި، އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި މައިޒާން އިލެކްޓްރޯނިކްސްގެ އެހީތެރިކަމާއެކު ހިންގޭ ވަރަށް ހާއްޞަ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ސްކޫލްތަކުގައި ޤާއިމް ކުރެވޭ ޔަންގް ފިޝަރސް ކުލަބްގެ ތަފާތު ހަރަކާތްތައް ސްކޫލްތަކުގައި ހިންގާނެވެ.

ގއ. ދާންދޫ މަސްވެރިންނަށް މަޢުލޫމާތު ދިނުން.

ގއ. ދާންދޫ މަސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މަސްވެރިކަމާއި މަސްވެރިކަމުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހިންގުނު މި ޕޮރޮގްރާމްގައި އެރަށުގެ 23 މަސްވެރިއަކު ބައިވެރިވެފައިވެއެވެ. މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން މި މާރޗް މަހުގެ 18 ވަނަ ދުވަހު ދާންދޫގައި ބޭއްވުނު މި ބައްދަލުވުމުގައި މަސްވެރިންނަށް ޒަމާނާ އެއްގޮތަށް މަސްވެރިކަން ކުރުމަށް ބޭނުން ކުރެވިދާނެ ޒަމާނީ ވަޞީލަތްތަކާއި އެތަކެތީގެ ބޭނުން ބުނެދިނުމަށްފަހު އެފަރާތްތަކުން އޮޅުން ފިލުވަން ބޭނުންވި ކަންކަން އޮޅުންފިލުވައި ދީފައިވެއެވެ.

ނައިފަރުގައި ފިޝަމަންސް އެސޯސިއޭޝަން އިފްތިތާޙް ކޮށްފި

ޅ. ނައިފަރުގައި ފިޝަމަންސް އެސޯސިއޭޝަން އިފްތިތާޙް ކޮށްފިއެވެ. ނައިފަރު ފިޝަމަންސް އެސޯސިއޭޝަންގެ ނަމުގައި އިފްތިތާޙް ކުރެވުނު މި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ހަރަކާތް ފައްޓަވައިދެއްވީ މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ޗެއަރމަން އަލްފާޞިލް މައިޒާން އަޙުމަދު މަނިކުއެވެ. މި މާރޗް 26 ވަނަ ދުވަހު އިފްތިތާޙް ކުރެވުނު މިއެސޯސިއޭޝަންގެ ހަރަކާތްތައް ފައްޓަވައިދެއްވަމުން އަލްފާޞިލް މައިޒާން އަޙުމަދު މަނިކު ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ފުރިހަމަ އެހީތެރިކަމާއި
އެއްބާރުލުން އަލަށް އުފެދިގެންދިޔަ ނައިފަރު ފިޝަމަންސް އެސޯސިއޭޝަނަށް ލިބިގެންދާނެކަން ފާހަގަ ކުރެއްވިއެވެ.

ނައިފަރު ފިޝަމަންސް އެސޯސިއޭޝަން އިފްތިތާޙް ކޮށްދެއްވުމަށްފަހު އެ އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމެޓީއާވެސް މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން ޗެއަރމަން އަލްފާޞިލް މައިޒާން އަހުމަދު މަނިކް ބައްދަލުކުރައްވާ މަސްވެރީންނާއި މަސްވެރި އާއިލާތަކަށް އަދި މަސްވެރިކަމާއި ގުޅުންހުރި ދާއިރާ ތަރައްޤީ ކުރުމުގައި ނައިފަރު ފިޝަމަންސް އެސޯސިއޭޝަނީ މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަން ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މަސްދަރު: އަސްދަނޑި

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!