މަސްވެރިކަމާއި ގުޅޭ

Catching tuna

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި މަސްވެރިކަން ވީ ދަށް

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި މަސްވެރިކަން ދަށް ވެފައި ވާކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓާގައި، މަހުގެ ބާވަތްތައް ބޭރުކުރި މިންވަރު ވަނީ 24 ޕަސެންޓު ދަށްވެފައެވެ.

އޮކްޓޯބަރ، ނޮވެމްބަރ އަދި ޑިސެމްބަރު 2021 އަށް ބަލާއިރު، 23،874 މެޓްރިކް ޓަނުގެ މަސް ގަނެފައިވާކަމަށް ރެކޯޑް ކުރެވިފައިވެއެވެ. އެ ތިން މަސް ދުވަހު މަސްވެރިންގެ އަތުން ގަތް ކަޅުބިލަމަހުގެ އަދަދު 18 ޕަސެންޓު މަތިވި ނަމަވެސް ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރު 39 ޕަސެންޓު ވަނީ ދަށްވެފައެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ވެސް މަސްވެރިކަމުގެ ސިނާއަތަށް އިތުރުވި އަގުގެ ނިސްބަތް ވަނީ 34 ޕަސެންޓަށް ވަނީ ދަށްވެފައެވެ.

ވިޔަފާރި ފަދަ ސިނާއަތްތައް އަނެއްކާވެސް ދަނީ ކުރިއަރަމުން ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ ކުރިން ހީނަރުވަމުން ދިޔަ ކޮންސްޓްރަކްޝަން ދާއިރާ ވެސް ވަނީ މިދިޔަ ކުއާޓަރުގައި އަލުން ކުރިއަރަން ފަށާފައެވެ. ނަމަވެސް، އެ ސިނާއަތް ކުރިއަރަމުންދާ މިންވަރު ފާހަގަކުރެވޭހާ ލަސް ކަމަށް އެ ހިސާބުތަކުން ދައްކައެވެ. އެހެން ސިނާއަތްތަކާ ހިލާފަށް، މަސްވެރިކަމެ ސިނާއަތް ދިޔައީ ދަށަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!