މަސްވެރިކަމާއި ގުޅޭ

މަސް މާރުކެޓް، ފޮޓޯ- ޕީއެސްއެމް ނިއުސް
މަސް މާރުކެޓް، ފޮޓޯ- ޕީއެސްއެމް ނިއުސް

މަސްވެރިކަމުގައި ބިދޭސީީން ގިނަވަނީ ހަމަ ދިވެހިންނާ ހެދި؟

ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގައި ބިދޭސީން ގިނަވަމުންދާ ކަމީ، ދިވެހިންނަށް ލިބޭނެ ނުތަނަވަސްކަމެކެވެ. ނަމަވެސް އެކަން އެގޮތަށް ދިމާވާ ސަބަބުތަކަށް ބަލައިފި ނަމަ، އެއީ ކޮންމެވެސް ދިވެހި ދަރިންތަކެއްގެ ސަބަބުން ކުރިމަތިވާ ކަމެއްކަން ޔަގީންވާނެއެވެ.

މަސްވެރިކަން ފަދަ ދިވެހިންގެ ވިންދާ ގުޅިފައިވާ މަސައްކަތްތަކުގައި ދިވެހިން، ހިފަހައްޓަން ޖެހޭ މިންގަނޑުތަކާއި އަމަލުތައް ބަހައްޓަންވީ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ހަމަ ދިވެހިންނަށެވެ މަސްވެރިކަމުގައި ބިދޭސީން އިތުރުވާކަން ވެސް ދިވެހިންނަށް އެނގޭނެއެވެ. ނަމަވެސް، އެއީ ކޮންމެވެސް ބައެއްގެ ފަރުވާ ކުޑަ ކަމުން ނުވަތަ ޒިންމާދާރުކަން ކުޑަކަމުން ކުރިމަތިވާ މައްސަލައެކޭ، ބައެއް މަސްވެރިން ބުނެއެވެ.

މަސްވެރިކަމަށް ބިދޭސީން ގެންގުޅުމަކީ މަނާކަމެކެވެ. ނަމަވެސް އޮޑިދޯނިފަހަރުގައި ބިދޭސީން މަހަށް ގެންދަނީވެސް ހަމަ ދިވެހިންނެވެ. އޮޑިވެރިންނެވެ. ކެޔޮޅުންނެވެ.

"ތީ ހަމަ ދިވެހިން އަމިއްލައަށް ކުރުވި ކަމެއް. ހުރިހާ ދިމާލެއް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލީ އަމިއްލަ އެދުމުން ފުރިފައި ތިބި ބައެއް" ބިދޭސީން މަސްވެރިކަމުގައި ގިނަވާ މައްސަލައިގައި ނުރުހުން ފާޅުކުރި މީހަކު ބުނެފައިވެއެވެ.

މަސްވެރިންގެ ޝަކުވާ ތަކުގެ ތެރޭގައި، މަސްވެރިކަން ކުރުމުގެ އިތުރުން، މަސް ކެއްކުމާއި ރިހާކުރު ކެއްކުންވެސް ބިދޭސީންގެ އަތްމައްޗަށް ދޫވެފައި އޮތުން ހިމެނެއެވެ.

ބައެއް މަސްވެރިން ބުނާ ގޮތުގައި، ބިދޭސީން ކުޑަ އުޖޫރައަކަށް މަސައްކަތްތައް ކުރާތީ، އެމީހުން ލައްވާ މަސްވެރިކަން ވެސް ކުރުވަނީއެވެ. އޭރުން އެމީހުންނަށް މަދު ފައިސާކޮޅެއް ދިނުމުން ފުދޭނެތީއެވެ.

ނަމަވެސް ބިދޭސީން ގެންގުޅޭ މަސްދޯނި ފަހަރުގެ ވާހަކަ ވަރަށް ތަފާތެވެ. ބައެއް މީހުން ބުނާ ގޮތުގައި، ދިވެހިން ނުވަނީއެވެ. ނުލިބެނީއެވެ. އެހެންކަމުން ފަސޭހައިން އަތުޖެހޭ، ކޮންމެ މަސައްކަތެއް ވެސް ކުރަން ތައްޔާރަށް ތިބޭ ބިދޭސީން މަހަށް ވެސް ގެންދެވެނީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ރަގަޅުތާ ދެން. އެހެންވީމަތާ ބިދޭސިންނައް އޮންނަނީ ގޯލްޑަން ވިސާ ދީފަ. އެބަޔަކު ކުރާނެކަމެއްކުރަން ދޯ. ޢެއްވެސް ޤާނޫނަކުން މިކަހަލަ ކަންތައްކަކެއް މަނައެއްނުކުރެވެނީ ދިވެހިން ކިބައެގަ އެފަދަ ޤާނުނެއް ހެދުމުގެ އެއްވެސްޤާބިލިއްޔަތު ކަމެއްނެތީމަ. ދޯ...

Comments are closed.