މަސްވެރިކަމާއި ގުޅޭ

A25329CC-AB5A-403C-8A9E-9957F344F595-pn8nrwmu11k0hwqovtls8nj5dknrpzktwbae5e9fo4

ފަތުރުވެރިއަކު ރާއްޖޭގައި ބޭނި މަހެއް ދުނިޔޭގެ ރެކޯޑު ފޮތަށް

ރާއްޖޭގައި ފަތުރުވެރިއަކު ބޭނި މަހެއް ދުނިޔޭގެ ރެކޯޑު ފޮތުގައި ހިމެނުމަށް ހުށަހަޅައިފިއެވެ.

އެމެރިކާގެ ފްލޮރިޑާގެ ރައްޔިތެއް ކަމަށްވާ ޓްރިސްޓަން ތެރަރޯޓުއާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔައީ އައްޑޫ ސިޓީގައަށެވެ. އެގޮތުން މިދިޔަ މަރޗުމަހު އޭނާ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މަސް ދަތުރެއް ދިޔައީ ފާނަ ބޭނުމަށެވެ.

އެހެން ނަމަވެސް ބޭނުނީ ފާނައެއް ނޫނެވެ. މިދަތުރުގައި އޭނާ ބޭނި މަސްވަނީ ދުނިޔޭގެ ރެކޯޑެއް މުގުރާލާފައެވެ. ޓްރިސްޓަން ބޭނި މަހަކީ “ބްލެކް ސްނޯކް” (ތޮޅީގެ ބާވަތެއް) އެކެވެ. އެ މަސް ރެކޯޑު ފޮތުން ޖާގަ ހޯދުމުގެ ފުރުސަތު ފަހިވެފައިވަނީ މި މަހުގެ ސައިޒުގެ ގޮތުންނެވެ. އެގޮތުން މިމަހުގެ ބަރުދަނުގައި 14 ކިލޯ ހުރިއިރު، ދިގު މިނުގައި 68.5 އިންޗި ހުއްޓެވެ. މިއީ މިހާތަނަށް ދުނިޔޭގައި ބޭނި އެ ބާވަތުގެ އެންމެ ބޮޑު މަސްކަމަށް ބެލެއެވެ.

ޓްރެސްޓަން ބޭރުގެ މީޑިއާތަކަށް ދީފައިވާ އިންޓަރވިއުތަކުގައި ބުނެފައިވަނީ އޭނާ އައްޑޫ ސްޕޯޓްސް ފިޝިންގެ ގައިޑެއް ކަމަށްވާ އަބްދުﷲ އާނިފްއާއެކު މަހަށްގޮސް ނަނު ކަނޑަށް ދޫކޮށްލުމަށްފަހު މަސް ނަނުގައި ގަންނަން ނެގީ 30 ވަރަކަށް ސިކުންތު ކަމަށެވެ.

އަދި އޭނާ ފުރަތަމަ ހީކުރީ މިޔަރެއް ނަނުގައި ގަތީ ކަމަށާއި، މަސް ފެނުން މައްޗަށް ނެގުމަށް 25 މިނެޓު ހޭދަވި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މަސް ފެނުމާއި އެކު އެ ބޯޓުގައި ތިބި އެންމެންގެ ސަމާލުކަން އެ މަހަށް ލިބުނު ކަމަށާއި، އަދި ގައިޑު ވަގުތުން އެއީ ރެކޯޑަކަށް ވުމުގެ ފުރުސަތު އޮތް މަހެއް ކަމަށް އޭނާ ގާތު ބުނި ކަމަށް ޓްރިސްޓަން އިންޓަރވިއުތަކުގައި ބުނެފައިވެއެވެ.

މިއާ އެކު އައިޖީއެފްއޭ ސެޓިފިކޭޝަނަށް ހުށަހަޅަން ނިންމީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އައިޖީއެފްއޭ ސެޓިފިކޭޝަނަކީ ނަނުން ބާނާ މަހުގެ ހާއްސަ ކަމަށް ބަލައި ދޭ ސެޓިފިކޭޝަނަކެވެ.

މީގެ ކުރިން ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި ބޭނި އެންމެ ބަރު ބްލެކް ސްނޯކުގައި ހުރީ 12.5 ކިލޯއެެވެ. އެއީ ޖަޕާނުގެ ޓޮކުނޯޝިމާގައި ބޭނި މަހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

    1. ނަނު އަހަރުން ކިޔާ އުޅެނި އަތުރޯލަށް، ދޮއްޓާއި ނަނު މިއީ ދެބާވަތެއްގެ މަސްވެރިކަމެއް ނޫންތޯއެވެ. އ.ހ

Comments are closed.