މަސްވެރިކަމާއި ގުޅޭ

0_1JPG

ކެލިފޯނިއާގެ ބީޗަކަށް "ޑްރެކިއުލަރ ފިޝް" އެއް ލައްގައިފި

ކެލިފޯނިއާގެ ބީޗަކަށް ލެއްގި "ޑްރެކިއުލަރ ފިޝް" އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ހިނގާލަން ނިކުމެ އުޅުނު މީހަކަށް ފެނުނު މިމަހުގެ ކުރިމަތީ ދެ ދަތް ހުރީ ޑްރެކިއުލަރގެ ދަތްތައް ހުންނަހެން ތޫނު ކޮށެވެ. އަދި އެ ދެ ދަތް ވަރަށް ދިގެވެ. މިހެންވެ އެމީހާއަށް މިމަސް ސިފަވީ ޑްރެކިއުލަރ ފިޝްއެއްގެ ގޮތުގައެވެ.

މި މަހުގެ މަތީ ފަންގަނޑު އާދަޔާ ޙިލާފަތް ބޮޑެވެ. އަދި ލޯވެސް ވަރަށް ބޮޑެވެ. މިމަހުގެ ދިގު މިނުގައި 4 ފޫޓޫ ހުންނާނެ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެމީހާއަށް މިމަސް ބީޗަށް ލައްގާފައި އޮތްވާ ފެނުނު އިރުވެސް ދިރި ހުއްޓެވެ. އެހެންކަމުން އޭނާ ވަނީ މިމަސް އަނބުރާ މޫދަށް ދޫކޮށްލާފައެވެ.

އޭނާވަނީ އެމަހުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، އެއީ ކޮންކަހަލަ މަހެއްކަން ކިޔައިދޭނެ މީހެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. އޭނާ އެ ޕޯސްޓު ހިއްސާކުރިތާ 10 މިނެޓުތެރޭ މިއުޒިއަމް އޮފް ވަރޓިބްރޭޓް ޒޫލޮޖީގެ ކިއުރޭޓަރ، ކްރިސްޓޮފަރ މާޓިންވަނީ މިއީ ކޮން ކަހަލަ މަހެއްކަން ކިިޔާދީފައެވެ. އެގޮތުން މިމަހަކީ "ލޭންްސްސެޓް ފިޝް" ކަމަށް ބުނެފައިވެއެވެ.

މިއީ ކަނޑުގެ ވަރަށް އަޑީގައި އުޅޭ އެހެން މަސްތަކަށް ޝިކާރަ ކުރާ މަހެކެވެ. އަދި މިމަހަކީ ކަނޑުގެ އެހާ ފުންމިނުގައި އުޅޭ މަސްތަކުގެ ތެރެއިން ސަައިޒުގެ ގޮތުން އެންމެ ބޮޑު އެއް މަހެވެ. އެގޮތުން މިމަސް 7 ފޫޓަށް ބޮޑުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!