މަސްވެރިކަމާއި ގުޅޭ

big_EXfBvFg6Q3W04fpK5P07lt0I4

ފެންނަމުން ދަނީ މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދައިނުދެވޭތަން: އީވާ

އަހަރު ދެކޮޅު މަސްވެރިކަން ރަނގަޅުވި ނަމަވެސް ފެންނަމުން ދަނީ މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދައިނުދެވޭތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ، ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މަޖިލީގައި ވާހަކަ ދައްކަވަމުންނެވެ.

"މަސްވެރިން އެވަރަކަށް އަޅުގަނޑުމެންގެ ކައިރީގައި އާދޭސްކުރާކަށް ނުޖެހޭނެ. ދެން ދުވާލަކު ހާހެއް، 100 އިން ޓަނުން އަޅުގަނޑުމެން ކިރާ ދިނަސް ވެސް އަޅުގަނޑުމެން އާދޭސްކޮށްގެން ކަމެއް ކޮށްދިނީމަ ހިތް ރަނގަޅެއް ނުވާނެ. އެހެންވީމާ އެވަރަށް އާދޭސް ކުރަން ނުޖައްސާ އަޅުގަނޑުމެން ހެޔޮ ނިޔަތުގައި ވައުދުވީ ގޮތަށް މިކަން އެބަ ކޮށްދޭން ޖެހޭ" އީވާ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސް ނުކިރިގެން މާބޮޑަށް އާދޭސް ކުރަން ޖެހޭ ނަމަ މަސްވެރިންގެ ހިތް ރަނގަޅު ނުވާނެ ކަމަށާއި ފަތުރުވެރިކަމުގެ ވާހަކަ ދައްކާ އިރު މަސްވެރިކަމުގެ ވާހަކަތައް ވެސް ދައްކަން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލި 'ނޫ އިގްތިސޯދު' ގެ މެނިފެސްޓޯއާ އެއްގޮތަށް ގޭދޮށު މަސްފެކްޓްރީތައް ގާއިމު ކުރުން އަވަސް ކުރަން އީވާ ގޮވާލެއްވިއެވެ. މީގެ އިތުރުން، މަސް ގިނައިން ބާނާ ދުވަސްވަރު މިފްކޯއިން އެކަށީގެންވާ ވަރަށް މަސް ނުކުރުވާކަން އީވާ ފާހަގަ ކުރެއްވިއެވެ.

"ޓޫރިޒަމް ދާއިރާތަކަށް ވެސް އެހެނިހެން ވިޔަފާރިތަކަށް އެމްޑީޕީން ހުށަހަޅާ ހުށަހެޅުމަކީ މިނިވަންކުރާށޭ ވިޔަފާރިތައް. ވީވަރަކުން ދޫކުރާށޭ. ޓޫރިޒަމް ދާއިރާއަށް ގެސްޓް ހައުސް ވިޔަފާރި އެމްޑީޕީން ތައާރަފްކޮށްގެން އެ ގެނައި ބަދަލު މަސްވެެރިކަމަށް ވެސް ގެނެވޭނެ." އީވާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!