މަސްވެރިކަމާއި ގުޅޭ

MP Nazil

ބާނާ މަހަށް ބޮޑު އަގެއް ހޯދައިދޭނެކަމަށް ސަރުކާރުން އެއްވެސް އިރެއްގައި ނުބުނޭ: ނާޒިލް

ބާނާ މަހަށް ބޮޑު އަގެއް ހޯދައިދޭނެކަމަށް ސަރުކާރުން އެއްވެސް އިރެއްގައި ބުނެފައިނުވާނެ ކަމަށާއި ސަރުކާރުން އަބަދުވެސް ބުނަމުން އައީ ބާނާ މަހަށް ހަމައަގު ހޯދައިދިނުމުގެ ވާހަކަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެން މިއުޅެނީ ހަމައަގު ހޯދަން. އެއްވެސް ގޮތަކަށް ބޮޑު އަގު ހޯދާކަށް ނޫން. ސަރުކާރުން އެއްވެސް ގޮތަކަށް ބުނެފައިނުވޭ މަހަށް ބޮޑު އަގު ދޭނެކަމަށް. މިދައްކަނީ މާކެޓުގެ ވެލިއުއަށް ބަލައިގެން ހަމައަގު ހޯދައިދިނުމުގެ ވާހަކަ،" މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ ފަރާތުން ވުޒާރާތަކާ ކަމާ ގުޅުންހުރި އިދާރާތައް މަޖިލީހަށް ހާޒިރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ނާޒިލު ވިދާޅުވިއެވެ

މީގެ އިތުރުން އޭނާ ވިދާޅޫވީ، މަސްވެރިކަން ތިޔާގިވާ ދުވަސްވަރު މަސްވެރިން ބާނާ މަސް ކިރުމުގައި ކުރިމަތިވާ ދަތިތަކާ ގުޅިގެން މަސްވެރިން ބާނާ މަސް، ކިރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ ހަގީގަތް އޮޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"އަޅުގަނޑުވެސް ފާހަގަކޮށްލަން ބޭނުންވޭ ސަރުކާރުން މަސްވެރިކަން ރަނގަޅު ފެންވަރަކަށް ގެންދިއުމަށް ސަރުކާރުން ކުރާ މަސައްކަތް ގޯހުން ގޯހަށް ގެންދިއުމަށް މަސައްކަތްކުރާ މެންބަރުން ތިއްބަވާކަން،" ނާޒިލު ވިދާޅުވިއެވެ.

ނާޒިލު މިފަދައިން ވިދާޅުވި ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން މަހަށް ހަމައަގު ހޯދައިދޭން ވައުދުވެފައިވަނީ އެއިރު މަސް ކިލޯއެއް 24 ރުފިޔާއަށް ސަރުކާރުން ގަންނަމުން އައި ދުވަސްވަރެއްގައެވެ. އެއިރު މަސްވެރިން ބާނާ މަސް ގަންނަ އަގަކީ އެކަށީގެންވާ އަގެއް ނޫންކަމަށް ބުނެ އެއަށްވުރެ ބޮޑު އަގެއް ހޯދައިދިނުމަށް އެއިރު އެމްޑީޕީން ވައުދުވިއެވެ. އެކަން ކުރުމަށް ތަންފީޒުކުރާނެ ސިޔާސަތުތައް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!