މަސްވެރިކަމާއި ގުޅޭ

OLYMPUS DIGITAL CAMERA

ގަޅިކެނޑިހިކާ

މިހިކާއަކީ ރާއްޖޭގެ ތިލަފަޅުތަކުގައްޔާއި، ފަރުތަކުގެ ބޭރުގައި އުޅޭ 19 ސެންޓިމީޓަރަށް ބޮޑުވާ ބާވަތެކެވެ. މިބާވަތުގެ ބޮޑެތި ހިކާ މަދުމަދުން ދިވެހިން ކައިއުޅެއެވެ. ރޮދުލައިގެން ހިފާއުޅޭ މަސްތަކުގެ ތެރޭގައްޔާއި ފަޅުގައި ދާއަޅައިގެން ކުރާ މަސްވެރިކަމުގައި މިބާވަތުގެ މަސްހިފާފައި ހުރެއެވެ. މިބާވަތުގެ ހިކާ 1 މީޓަރާއި 20 މީޓަރާ ދެމެދުގެ ފުންމިނުގެ ސަރަޙައްދުތަކުގައި އުޅެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. މަހުގެ ތުންފަތް ވަރަށް ބޮޑެވެ. މަހުގައި ހުންނަނީ ކޮޅަށް އޫކޮށް ހުންނަ ދަތްތަކެކެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ ކުޑަކޮށް ވަށްކޮށެވެ. މަހުގެ ކޮޓަރިތަކުގައި ހުންނަނީ ގަދަ މުށިކުލައެވެ. ބޮލުގައި ނޫކުލައިން ކައިރި އެޅިފައިވާ ފިޔާތޮށިކުލައިގެ ކުރެހުންތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ހުރަހަށް ގަދަމުށިކުލައިގެ ފުޅާ 5 ރޮނގުހުރެއެވެ. ބޮލުގެ މަތީބައި ހުންނަނީ ގަދަމުށިކުލައިގައެވެ. މިމަހުގެ ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި، ހިޔަމަޒާތުގެ އެއްޗިއްސެވެ.

މިމަހަށް ކިޔާއުޅޭ ވަކި ޚާއްޞަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހަށް ކިޔާ ސައިންޓިފިކް އިނގިރޭސިނަމާއި ގުޅޭގޮތަށް، މަހުގެ ސިފައަށް ވިސްނާ މިމަހަށް "ގަޅިކެނޑިހިކާ" ކިޔާފައިވަނީއެވެ.

އިނގިރޭށި ނަން: Batu coris

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!