މަސްވެރިކަމާއި ގުޅޭ

FTReV3lacAE50Aj

މަސް ދޯންޏެއް ފަރަކަށް އަރައިފި

މަސް ދޯންޏެއް ފަރަކަށް އަރައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި އަރާފައި ވަނީ ތ. ގާދިއްފުށި ކައިރިން ފަރަކަށް ކަމަށެވެ. "އުފާ" ކިޔާ އެ ދޯނި ދަތުރު ކުރަމުން ދިޔައީ 16 މީހުންނާ އެކު އެވެ.

އެމްއެންޑީއެފުން ބުނީ ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރޮން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފަކުން އަދި ހާމަ ކޮށްފައި ނުވާއިރު، އެއިން އެއްވެސް ހާދިސާއެއްގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއްވެސް ލިބިފައެއް ނުވެ އެވެ.

މިދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!